ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއް ކުރަނީ
އަލީ ރާޒީ
11 މެއި 2025 - 17:28
0
comments
Tweet
Telegram
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުން އެ މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރާތްކޮށް، މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދި ރިޔާސީ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކޮމިޝަންގެ މެމްބަރުން މި މައްސަލައާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް، އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އަދި މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސްގެ ގަރާރަކުންނެވެ.
މި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑރ. މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް، ހ. ހަބަރުގެ
ވެއްޓުނު ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކަށް އޭނާއަށް މިހާރު ފަރުވާ ދެމުންދަނީ މެލޭޝިއާގެ ހޮސްޕިޓަލެއްގަ އެވެ. އާއިލާއިން ބުނެފައިވާ ގޮތުގައި ބައެއް ސާޖަރީތަކަށް ފަހު ޔުމްނުގެ ހާލު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ.
ޔުމްނު، އާއިލާއަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ވެއްޓުނީ އަމިއްލައަކަށް ނޫނެވެ. ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު އެވަގުތު ހުރި ރައުދު އަހުމަދު ޒިލާލު ވަނީ ހައްޔަރުކޮށްފަ އެވެ. އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައިވަނީ ރައުދުގެ އިތުރުން އެހެން ބަޔަކު ވެސް ޔުމްނުއާ އެކު އުޅުނު ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ރައުދުގެ ބަންދަށް އިތުރު 5 ދުވަސް
3 ދުވަސް ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
3 ދުވަސް ކުރިން
0
ވެއްޓުނީއެއް ނޫން، މަރުވަން ދޫކޮށްލީ: ޔުމްނުއާ ހަވާލާދީ އާއިލާ
4 ދުވަސް ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ރިޔާސީ ކޮމިޝަނާ ހިއްސާކުރެވޭނެ ޕޯޓަލެއް ހަދައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެރަޕީ ނަގަންދިޔަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ބަލަން ފަށައިފި
18 ގަޑިއިރު ކުރިން
0
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް
18 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު މައްސަލައާ ގުޅުންހުރި މީހުންނާ ބައްދަލުކޮށް މައުލޫމާތު އެއް ކުރަނީ
19 ގަޑިއިރު ކުރިން
0
ލަންކާގައި ބަހެއް ވެއްޓި 21 މީހަކު މަރުވެއްޖެ
19 ގަޑިއިރު ކުރިން
0