
"ވީމާ، މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާ ހަމަކުރުމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ،" މެޓް އޮފީހުން ބުންޏެވެ.ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މި އަހަރުގެ ހުޅަނގު މޫސުން ފެށުނީ މިދިޔަ ބުދަ ދުވަހު އެވެ.