
ބައެއް ބެލެނެވެރީން ބުނި ގޮތުގައި، މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ބައެއް ސްކޫލުތަކުން ވަނީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި އައުމުގެ ފުރުސަތު އޮންނާނެކަމަށް އަންގައިފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ލުޔެއް ލިބިފައިވާކަން ބައެއް ބެލެނެވެރީން ވަނީ ފާހަގަކޮށްފަ އެވެ.މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި މި މަހުގެ އިތުރުން އަންނަ މަހަކީ ރާއްޖެ އަށް ހޫނު ގަދަ ދުވަސްތަކެކެވެ. އަދި މި ދުވަސްވަރު މާ ބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން ކަމަށް ވެސް އެތަނުން ބުންޏެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.މެޓު އޮފީހުން ބުނީ، އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށެވެ.