ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ރިޔާސީ ކޮމިޝަނާ ހިއްސާކުރެވޭނެ ޕޯޓަލެއް ހަދައިފި
ހަސަން ހަލީމް
08 މެއި 2025 - 15:01
0
comments
Tweet
Telegram
ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގެ މައުލޫމާތު ހިއްސާކުރެވޭނެ
ޕޯޓަލް
އެއް، އެ މައްސަލަ ދިރާސާކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން އުފައްދައި، ލައިވްކޮށްފި އެވެ.
މި މައްސަލައިގެ ތަހުގީގަށް ޚާއްސަ ކޮމިޝަނެއް އެކުލަވައިލީ އޭޕްރީލް 27، 2025ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުންނެވެ.
އެ ކޮމިޝަނުން މިއަދު އެކްސްގައި ބުނެފައިވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް، (ފޮޓޯ، ވީޑިއޯ ނުވަތަ އެ ނޫން ވެސް މައުލޫމާތެއް) ހިއްސާ ކުރަން ބޭނުންވާނަމަ، ނުވަތަ ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ސުވާލެއް ކުރަން ބޭނުންވާނަމަ، އެ ކަމަށް ޚާއްސަކޮށްގެން ހަދާފައިވާ
ޕޯޓަލް މެދިވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.
ޔުމްނުގެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމާ އެކު، އެ ހާދިސާއާ ގުޅިގެން ކަމާ ބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ބަލައި ފިޔަވަޅުތައް އެޅުމަށް އުފައްދާފައިވާ މި ކޮމިޝަަނަކީ މަސައްކަތް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ގޮތަށް އުފައްދާފައިވާ ކޮމިޝަނެކެވެ.
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަންގައި ތިއްބެވީ؛
- ކުރީގެ ބަންޑާރަ ނައިބު، ގ. ހަސަންކާރި ޑރ. މުހައްމަދު މުނައްވަރު (ކޮމިޝަންގެ ރައީސް)
- ވ. އަލްމާން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު
- ދަފުތަރު ނަންބަރު ރސ 641، ޑރ. މޫސާ މުރާދު
- ތ. ވޭމަންޑޫ، މޫނިމާގެ، ޖަބީން މުހައްމަދު
- ހ. ރަބަރުގެ، އާމިނަތު އީނާސް
އެ ކޮމިޝަނުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ޗެއާ މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގްސަދު ސާފު ނުވިޔަސް އަމާޒަކީ އިންސާފަށް ވާސިލްވުން ކަމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
ތަހުގީގުތަކާމެދު ކަންބޮޑުވުން ފާޅުކުރަނިކޮށް ހޯމިސައިޑް ޑިޕާޓުމަންޓު ވެރިޔާގެ މަގާމުން ސާމިހު ވަކިކޮށްފި
4 ދުވަސް ކުރިން
0
ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް
5 ދުވަސް ކުރިން
0
ޝިމަން އާއި މަހުޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
6 ދުވަސް ކުރިން
0
ޒުވާނުންގެ މުޒާހަރާގައި އެމްޑީޕީން ބައިވެރިވާން ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރަނީ
4 ގަޑިއިރު ކުރިން
0
އުރީދޫ ނޭޝަން އިންޓަ ރިސޯޓު ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
4 ގަޑިއިރު ކުރިން
0
ރައީސް ވިދާޅުވަނީ މޯލްޑިވްސް 2.0 އާ އެކު ކޮރަޕްޝަން ނައްތާލެވޭނެ ކަމަށް
4 ގަޑިއިރު ކުރިން
0
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
4 ގަޑިއިރު ކުރިން
0