އުރީދޫ ނޭޝަން އިންޓަ ރިސޯޓު ޗެމްޕިއަންޝިޕް މާދަމާ ފަށަނީ
އަހުމަދު ނިހާން
08 މެއި 2025 - 15:27
0 comments
އުރީދޫ ނޭޝަންގެ ކުރީގެ މުބާރާތުގެ ތެރެއިން: މި މުބާރާތުގައި ކުޅެނީ އެމްއެލްބީބީ އާއި ޕަބްޖީ
ރިސޯޓު ކޮމިއުނިޓީއަށް ހާއްސަކޮށްގެން އުރީދޫ ނޭޝަން އިންޓަ-ރިސޯޓް އީސްޕޯޓްސް ޗެމްޕިއަންޝިޕް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ މުބާރާތަކީ ރިސޯޓް ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ.މުބާރާތުގެ ފޯމެޓާއި ހައިލައިޓްސް:• އެމްއެލްބީބީ: ނޮކްއައުޓް ބުރުތައް ހިމެނޭ ސިންގަލް އެލިމިނޭޝަން ބްރެކެޓެއް، ހުކުރު ދުވަހުގެ ރޭ ސެމީ ފައިނަލް މެޗާއި ހޮނިހިރު ދުވަހުގެ ރޭ ބޭއްވޭ ތިން ވަނަ ޕްލޭއޮފް އަދި ގްރޭންޑް ފައިނަލް.• ޕަބްޖީއެމް: ބެޓްލް ރޯޔަލް ފޯމެޓެއް، ގްރޭންޑް ފައިނަލްސް ދެ ދުވަހަށް ބަހާލައިގެން، ހުކުރު ދުވަހު ހަ މެޗެއް އަދި ހޮނިހިރު ދުވަހު އިތުރު ހަ މެޗެއް.އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.އިންޓަ-ރިސޯޓް ޗެމްޕިއަންޝިޕަކީ ލޯކަލް އީސްޕޯޓްސްގައި މިހާރު ހަރަކާތްތެރިވަމުންދާ ފަރާތްތައް ބާރުވެރިކޮށް ވާދަވެރި މައިދާނެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތެކެވެ.ޕްރައިޒް ޕޫލް:
- ޗެމްޕިއަން – 5000 ރުފިޔާ
- ރަނަރަޕް - 3000 ރުފިޔާ
- ތިންވަނަ - 2000 ރުފިޔާ
އުރީދޫން ބުނީ އުރީދޫ ނޭޝަންގެ ޔޫޓިއުބް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ އިރު، އެ މެޗުތައް ބަލައި، ރިސޯޓުތަކުން ބައިވެރިވާ ޓީމުތަކަށް ސަޕޯޓުކުރުމަށް ހިތްވަރުދޭ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު