އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި
އަހުމަދު ނިހާން
08 މެއި 2025 - 15:06
0 comments
ޖުޑިޝަރީގެ ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ - ފޮޓޯ/ ޖޭއެސްސީ
އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވަން މިއަދު ހުށަހަޅުއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އިޝާރާތެއް މީގެ ކުރިން ވެސް ދެއްވާފައިވަނިކޮށް، ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ މިއަދެވެ."އަޅުގަނޑުގެ އަޑު ވެސް މިހާރު މި ހުރީ ވަރަށް މަޑުކޮށް. އެކަމަށް މާފަށް ވެސް އެދެން. އަޅުގަނޑު ފުރަތަމަ ވެސް ދަންނަވާލާނީ އަޅުގަނޑަކީ މިހާރު ވަރަށް ދުވަސްވީ މީހެކޭ. ހަމަ އެކަށީގެންވާ ކަމެއް މިފަދަ ޖަލްސާއަކުން މި ހައިސިއްޔަތުން ދެން ނުފެނުމަކީ ވެސް،" މީގެ ކުރިން ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތެއްގައި މުއުތަސިމް ވިދާޅުވެފައިވެ އެވެ.މުއުތަސިމް ފަނޑިޔާރުކަން ރިޓަޔާކުރައްވަން ހުށަހެޅުއްވިއިރު، ސުޕްރީމް ކޯޓަށް ހުށަހެޅި ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި މައްސަލަ ކޯޓުގައި ވަނީ ހުއްޓިފަ އެވެ.
މީގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުތައް ވެސް މިދުވަސްކޮޅު ވަނީ އިތުރުވެފައި އެވެ.
ކިޔުންތެރިންގެ ޝުއޫރު