ޚަބަރު
ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަނަކާއެކު އުރީދޫ ދުނިޔޭގެ ރިކޯޑް ފޮތަށް
ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންއާއެކު އުރީދޫ މޯލްޑިވްސް އިން ވޯލްޑް ރިކޯޑެއް ހާސިލުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން މި ރެކޯޑް ހެދީ އިއްޔެ ބ. އަތޮޅު ފުޅަދޫގަ އެވެ.

އުރީދުން އިން ބުނިގޮތުގައި އެ ޕެނަލް ޑިސްކަޝަންގައި ވަނީ ޓެކްނޮލޮޖީ އާއި އިނޮވޭޝަނަށް އަލިއަޅުވާލައިފަ އެވެ. އަދި މި ކާމިޔާބީގެ ސަބަބުން އުރީދޫ މޯލްޑިވްސްއަކީ ހަމައެކަނި ޓެލެކޮމްގެ ހިދުމަތްދޭ ކުންފުންޏެއް ނޫން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕް ބައްޓަން ކުރަމުންދާ ޗޭންޖްމޭކަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު ބޮޑުކަން ހާމަވާ ކަމަށް އެ ކުންފުނިން ބުންޏެެވެ.

އެ ކުންފުނީގެ ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މިއީ ހަމައެކަނި ރިކޯޑެއް ހެދުން ނޫން ކަމަށާއި މިކަމަކީ އިނޮވޭޝަންގައި އެއްވެސް ލިމިޓެއް ނެތްކަން ސާބިތުކޮށް ދިނުން ކަމަށެވެ.

"ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ޕެނަލް ޑިސްކަޝަން ބޭއްވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. މިއީ ޓެކްނޮލޮޖީ، ހިތްވަރާއި އުފެއްދުންތެރިކަމާ ގުޅިއްޖެ ނަމަ، އަޅުގަނޑުމެން ހީކުރި މިންވަރަށް ވުރެ އިތުރަށް ގެންދެވޭނެ ކަމުގެ ރަމްޒެއް." އޭނާ ވިދާޅުވި އެވެ.

މި ކާމިޔާބީއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކާމިޔާބީއަކީ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން ކަމެއް ކަމަށެވެ.

މި މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި މިއީ ޓެކްނޮލޮޖީ އާއި ކަމަކަށް އޮންނަ ޝައުގާއި އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫއަކީ ފެށުނީއްސުރެ ޓެކްނޮލޮޖީގެ ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. 

އުރީދޫން ހޯދި ދުނިޔޭގެ ރެކޯޑާއެކު ކަނޑުގެ އަޑިން ފެށިގެން 5ޖީ ޓެކްނޮލޮޖީއާ ހަމައަށް އުރީދޫ އިން ދެމި އޮންނާނީ އިންކްލޫސިވް އަދި މުސްތަގުބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ މަސައްކަތުގައި ސާބިތުކަމާ އެކީގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ދަނީ އަމިއްލަ ފަރުދުންނާއި ސިނާއަތްތަކަށް ހުރި ފުރުސަތުތައް އިތުރުކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު