ޚަބަރު
ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަންގެ ފަސް މެންބަރުން
ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21އ) ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ މެންބަރުންނަށް ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އެ ކޮމިޝަންގެ ކޮންމެ ބޭފުޅަކަށްވެސް އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.  

ރައީސް  ވިދާޅުވީ، އެ ފަސް މެމްބަރުންގެ ތެރެއިން ޑރ. މޫސާ މުރާދާއި ޖަބީން މުހައްމަދަކީ މިހާރު ވެސް ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވުމުން ކޮމިޝަންގެ މަސައްކަތްތަކަށް އެ ދެ ބޭފުޅުން ދޫކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. 

އެކަމަކު އެ ދެބޭފުޅުން ސަރުކާރުގެ ރަސްމީ މަގާމުން ކޮމިޝަންގެ މަސައްކަތަށް ވީއްލީ ރައީސް ވިދާޅުވި ގޮތުގައި މިހާރު ވެސް ވަޒީފާގެ ހައިސިއްޔަތަށް ލިބޭ އާމްދަނީ އުނި ނުވާ ގޮތަށް އެކަމަކު ކޮމިޝަންގައި މަސައްކަތް ކުރައްވާތީ 5،000ރ. ގެ އިނާޔަތެއް ކޮންމެ މަހަކު ދޭ ގޮތަށެވެ.

ކޮމިޝަންގައި ދެން ތިއްބެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު މުހައްމަދާއި އާމިނަތު އީނާސް އެއްވެސް ތަނެއްގައި ވަޒީފާ އަދާނުކުރައްވާތީ ދޭން ނިންމީ ކޮންމެ މަހަކު 15،000ރ. ގެ އެލަވަންސެކެވެ.

ކޮމިޝަންގައި މިހާރު ހިމެނޭ ބޭފުޅުން

  • ޑރ. މުހައްމަދު މުނައްވަރު - ގ. ހަސަންކާރިގެ
  • ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު - ވ. އަލްމާން
  • ޑޮކްޓަރ މޫސާ މުރާދު - ދަފްތަރު ނަންބަރު ރސ 641
  • ޖަބީން މުހައްމަދު - ތ. ވޭމަންޑޫ، މޫނިމާގެ
  • އާމިނަތު އީނާސް - ހ. ހަބަރުގެ
ކޮމިޝަނަށް އައްޔަން ކުރެއްވި ޖަބީންއަކީ ހުޅުމާލެ ހޮސްޕިޓަލްގެ ނާސިން ޑިރެކްޓަރެވެ. ޑރ. މުރާދަކީ އައިޖީއެމްއެޗުގެ ސީނިއާ ފިޒީޝަނެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު