ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް
ހަސަން ހަލީމް
04 މެއި 2025 - 18:56
0
comments
Tweet
Telegram
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ވިޔަފާރިތަކަށް ލިބުނު ކުރިއެރުމާ އެކު، އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ލިބުނު އާމްދަނީ ހަތަރު ބިލިއަނަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.
އެސްޓީއޯ އިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ 4.6 ޕަސެންޓް އިތުރުވެފަ އެވެ.
އެސްޓީއޯއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ.
މާލީ ހިސާބުތަކަށް ބަލާއިރު އޮޕަރޭޓިން ޕްރޮފިޓް -- ހިންގުމުގެ ފައިދާގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 263 މިލިއަން ރުފިޔާ ލިބުނެވެ.
ތެލުގެ ވިޔަފާރި ނޫން އެހެނިހެން ދާއިރާތަކުން ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
ޚާއްސަކޮށް އާންމު ވިޔަފާރިއާއި، އިމާރާތްކުރުމުގެ ދާއިރާ އަދި ސިއްހީ ޚިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާ ކަމަށް ބުނެފައިވެ އެވެ.
އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުގެ ކުރިއެރުމާއި އާމްދަނީއަށް އައި ބަދަލުތަކާއެކު ވެސް، ކުންފުނީގެ މުޅި އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ތެލުގެ ވިޔަފާރިންނެވެ. މި ކަމުން ކުންފުނީގެ މައިގަނޑު އާމްދަނީއަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ވިޔަފާރި ދެމި އޮތްކަން ހާމަވެ އެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފައިދާ ހުރީ 206 މިލިއަން ރުފިޔާގަ އެވެ. ޓެކުހަށް ކެނޑުމަށްފަހު ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 168.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
އުމްރާނީ މުހިންމު މަޝްރޫއުތައް ކުރިއަށްދާއިރު އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހަރުދަނާވަމުންދާއިރު، ވަރުގަދަ އަސާސްތަކާއި ޒިންމާދާރު މާލީ މެނޭޖްމަންޓުގެ އެހީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ކުންފުނީގެ ކުރިއެރުމުގެ ދުވެލި އަލުން ހޯދުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 ގަޑިއިރު ކުރިން
0
އެސްޓީއޯގެ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން ފަށައިފި
2 ދުވަސް ކުރިން
0
ހުޅުމާލެ ސިޓީ ހޮޓެލް ހިންގުން ވޯލްޑް އޮފް ބިޒްނަސްއަށް
10 ދުވަސް ކުރިން
0
ރާއްޖޭގެ ފުރަތަމަ ރޭޑިއޯގްރަފީ ކޯސް 23 ދަރިވަރަކު ފުރިހަމަކޮށްފި
12 ދުވަސް ކުރިން
0
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް
4 ގަޑިއިރު ކުރިން
0
އެމްޑީއޭ އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ
4 ގަޑިއިރު ކުރިން
0
28 ދުވަހުގެ ތެރޭގައި ގުޅި ހިއްކުމުގެ 80 ޕަސެންޓް ނިންމައިފި
5 ގަޑިއިރު ކުރިން
0
ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް
6 ގަޑިއިރު ކުރިން
0