ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެމްޑީއޭ އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ
މަރިޔަމް އަނާ
04 މެއި 2025 - 18:37
0
comments
Tweet
Telegram
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ޕީއެންސީ ސަރުކާރުގެ ކޯލިޝަނުގައި އޮތީ އެ ޕާޓީ އެކަނި ކަމަށެވެ.
"ނޯ. ޕީއެންސީ އެކަނި އޮތީ،" ނޫސްވެރިޔަކު އެމްޑީއޭ ކޯލިޝަންގައި އޮތްތޯ އެހުމުން ރައީސް ވިދާޅުވި އެވެ.
"ކޮންމެވެސް ވަރަކަށް ހިޔާލު ތަފާތުވުންތަކާއި، މައްސަލަތައް، މައްސަލައެއް ނޫން، ހިޔާލު ތަފާތުވުން ބައެއް ކަންކަމުން އުފެދި ބައެއް މައްސަލަތަކުގައި އެގޮތަށް ދިމާވި."
ޕީއެންސީ ސަރުކާރު ވެރިކަމަށް އައީ ޕީޕީއެމްގެ އިތުރުން އެމްޑީއޭއާ އެކު ހެދި ކޯލިޝަނާ އެކީގަ އެވެ. ކޯލިޝަންގައި އޮވެ އެމްޑީއޭއިން ވަނީ ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑުކިޔައި ވާހަކަ ދައްކާފައެވެ.
އެގޮތުން، ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް އެމްޑީއޭގެ ލީޑަރު ސިޔާމް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް މިހާރުވެސް ވަރަށް ބޮޑު ކަމަށާއި، އިތުރަށް ޓެކްސް ބޮޑުކޮށްފި ނަމަ އިގްތިސާދު ހަލާކުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އާރަށަށް ވަޑައިގަތީ 116 ފަހަރު، ގިނައިން ދަނީ ކުޅިވަރު ކުޅެން
1 ދުވަސް ކުރިން
0
ސިޔާސީ މަގާމުތަކުގެ އަދަދާއި ކުރެވޭނެ ހަރަދު ގާނޫނެއްގައި ކަނޑައަޅަނީ
1 ދުވަސް ކުރިން
0
ބިން ހިއްކުމުގެ ބަދަލުގައި ދިން ބިންތައް ސަރުކާރަށް ނަގައިފި
2 ދުވަސް ކުރިން
0
މީޑިއާގެ މިނިވަންކަމާއި ޒިންމާދާރުކަން ދަމަހައްޓާނަން: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަހަރުގެ ފުރަތަމަ ތިން މަހު އެސްޓީއޯގެ އާމްދަނީ 4 ބިލިއަނަށް
4 ގަޑިއިރު ކުރިން
0
އެމްޑީއޭ އިން ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެ
5 ގަޑިއިރު ކުރިން
0
28 ދުވަހުގެ ތެރޭގައި ގުޅި ހިއްކުމުގެ 80 ޕަސެންޓް ނިންމައިފި
5 ގަޑިއިރު ކުރިން
0
ކޮމިޝަންގެ މެމްބަރުންނަށް ހާއްސަ އެލަވަންސެއް
7 ގަޑިއިރު ކުރިން
0