ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރޯދަމަހު ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް ތައްޔާރު: އެމްޕީއެލް
އައިމިނަތު ޝިޔާޒާ
24 ފެބުރުއަރީ 2025 - 19:53
0
comments
Tweet
Telegram
މިއަހަރުގެ ރޯދަމަހު ވެސް ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުވައިދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ތައްޔާރުވެފައިވާ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ހެޑް އޮފް ޕޯޓް އޮޕަރޭޝަންސް އިލްޔާސް މުހައްމަދު ވިދާޅުވީ މުޅި ދުވަހު މަސައްކަތް ކޮށްގެން 150 ކޮންޓެއިނަރު ކުލިއާ ކުރަން ނިންމާފައިވާއިރު "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރެވޭނެ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު މުދާ ކުލިއާ ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ޕެރިޝަބަލް މުދާ އަވަހަށް ކްލިއާ ކުރުމަށް ކަމަށެވެ.
އިލްޔާސް ވިދާޅުވީ، ޖާގަ އިތުރު ކުރި ނަމަވެސް އަދިވެސް ރާއްޖެއަށް މުދާ އިތުރު ކުރާ އަދަދާ އެކަށީގެންވާ ޖާގައެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިން ޖެނެރަލް ކާގޯ ބޭލެނީ އެއްފަހަރާ ދެ ބޯޓު ގާތް ކޮށްގެން ކަމަށް ވިޔަސް، މިހާރު އެއްފަހަރާ ތިން ބޯޓުން މުދާ ބޭލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރުމަށް އިތުރު 19 މުވައްޒަފުން ނަގާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ހައިލީ ޕެރިޝަބަލް ތަކެތި ގޯ ޑައުންގައި ބަހައްޓާފައި އަދި ހުޅުމާލޭގައި ވަގުތީ ޓެންޓެއް ވާނީ ބަހައްޓާފައި. އޭރުން ކާބޯތަކެތި ގެނައުމަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ،" އިލްޔާސް ވިދާޅުވި އެވެ.
މީގެ އިތުރުން ކޮންމެ ނަމާދެއްގެ ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނިޓުގެ ހުސްވަގުތުކޮޅެއް ނަމާދުކުރުމަށްޓަކައި މުވައްޒަފުންނަށް ދެވޭނެ ކަމަށާއި، މިވަގުތުގައި ހިދުމަތް މެދުކެނޑޭނެ ކަމަށްވެސް
އިލްޔާސް ވިދާޅުވި އެވެ.
އަދި 27 ވިލޭރޭ ބަންދުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ދުވަސް ކުރިން
0
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
21 ދުވަސް ކުރިން
0
ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބޭށެވެ
27 ދުވަސް ކުރިން
0
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ
28 ދުވަސް ކުރިން
0
ލައިލަތުލްޤަދްރި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަސް މަސް ތެރޭގައި 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފިން: ރައީސް
18 ގަޑިއިރު ކުރިން
0
އަންނަ މަހު 3ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނަން: ރައީސް
19 ގަޑިއިރު ކުރިން
0
ބުރުނު ބޮމައިގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި
21 ގަޑިއިރު ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
21 ގަޑިއިރު ކުރިން
0