ވިޔަފާރި
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
އުރީދޫ ނޭޝަންގެ އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އިއްޔެ ހުޅުވާލައިފި އެވެ.


އުރީދޫ އިން ބުނި ގޮތުގައި އިންޓަ ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އޮންނާނީ މިމަހުގެ 27 އިން 30 އަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓް މުވައްޒަފުންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ދުނިޔޭގެ އެންމެ މަގުބޫލު ދެ މޮބައިލް ގޭމް ކަމަށްވާ ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) ގައި ވާދަކުރެވޭނެ އެވެ.

މުޅިން އޮންލައިންކޮށް ބާއްވާ މި މުބާރާތުގައި ޖުމްލަ 20،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ހުށަހަޅާފަ އެވެ. އެ ގޮތުން ޕަބްޖީ އަށް އަދި މޮބައިލް ލެޖެންޑްސް އަށް 10،000 ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ކޮންމެ ގޭމެއްގެ އެއް ވަނަ އަށް 5،000ރ.، ދެ ވަނައަށް 3،000ރ. އަދި ތިން ވަނަ އަށް 2،000ރ. ވަނީ ހުށަހަޅާފަ އެވެ. 

މި މުބާރާތާގުޅޭ އިތުރު މައުލޫމާތުތައް އުރީދޫ ނޭޝަންއިން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.

ރިސޯޓް ކޮމިއުނިޓީތަކުގެ މެދުގައި ވާދަވެރި ގޭމިންއަށް ޝައުގުވެރިކަން އިތުރުވަމުން އަންނައިރު، އިންޓަ-ރިސޯޓް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ އަމާޒަކީ މި މުބާރާތުގެ ތެރެއިން އެކުވެރިކަމާއި ޓީމްވޯކް އަދި ޑިޖިޓަލް އެންގޭޖްމަންޓް އިތުރުކުރުން ކަމަށް އުރީދޫން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު