އުރީދޫން ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއަށް ގެންދާނަން: ސީއީއޯ ޚާލިދު
އަހުމަދު ނިހާން
19 މާޗް 2025 - 12:55
0 comments
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ
ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދީފި އެވެ.
ހާލިދު އެހެން ވިދާޅުވީ މި މަހު 10ގައި އުރީދޫގެ މައި އޮފީހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހާލިދު ވަނީ ޑިޖިޓަލް ލޭންޑްސްކޭޕަށް އިންވެސްޓްކޮށް ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ."އަޅުގަނޑުމެންގެ އަމާޒަކީ، ޑިޖިޓަލް އެކްސެސްގެ ސަބަބުން އިގްތިސާދީ ކުރިއެރުމާއި، އިޖްތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުން،" އޭނާ ވިދާޅުވި އެވެ.އުރީދޫ އަކީ ރާއްޖޭގެ ޑިޖިޓަލް ކުރިއެރުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެވެ. އިނޮވޭޝަނާއި ކަސްޓަމަރުންގެ ތަޖުރިބާއަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން އެ ކުންފުނީގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ކުރިއަރަމުން އަންނަ ބޭނުންތައް ފުއްދައިދޭ އެޑްވާންސް ޑިޖިޓަލް ހިދުމަތްތައް ތައާރަފް ކުރަމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ތެރެއިން، ޑިޖިޓަލް އިންކްލޫސިވް މުޖުތަމައެއް ބިނާކޮށް، ދުނިޔޭގެ ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތަކާއި ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް އުރީދޫން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު