ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އުރީދޫގެ އެހީގައި ހުޅުމާލެ ގްރޭންޑް މިސްކިތް އާބާތުރަ ފިލުވުމަށްފަހު ހުޅުވައިފި
މަރިޔަމް އަނާ
03 މާޗް 2025 - 14:03
0
comments
Tweet
Telegram
މަސްޖިދުލް ޝައިހް ގާސިމް ބިން އަލްސާނީ (ހުޅުމާލޭ ގްރޭންޑް މިސްކިތު)ގެ ހުރިހާ ތަނެއްގައި އޭސީ ހަރުކޮށް، އެ މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫން ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަށް ފަހު ރޯދަމަހުގެ ކުރިން ހުޅުވައިފި އެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ބައިވެރިވި އެވެ.
ޖުމްލަ 1،800 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ ހުޅުމާލެ ގްރޭންޑް މިސްކިތް އިމާރާތް ކުރީ 2006 ވަނަ އަހަރު އެވެ. އެ މިސްކިތުގެ ގޯތިތެރެ ގަސްތަކުން ރީތިކޮށް، އެތެރޭގައި ސީލިން މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެ އެވެ.
ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ހާލިދު ވިދާޅުވީ އެ ކުންފުންޏަކީ މުޖުތަމައުއަށް ފައިދާވާ ފަދަ ކަންކަން ކުރުމަށް ވެސް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ.
ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓާ ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ ގަތަރު ޗެރިޓީގެ އަމާޒަކީ ދުނިޔޭގެ ކޮންމެ ހިސާބަކަށް ވިޔަސް، މުޖުތަމައުތަކަށް ރަނގަޅު ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.
"މި ޕްރޮޖެކްޓާ އެކު، ހާއްސަކޮށް ބަރަކާތްތެރި ރަމަލޯން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށް ވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.
"އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަން. އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީން ތައްޔާރު."
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އުރީދޫގެ އިތުރު ދެ މުވައްޒަފަކު ހާވާޑުން ދަސްވެނިވެެއްޖެ
3 ދުވަސް ކުރިން
0
އުރީދޫން ރިސޯޓް މުވައްޒަފުންނަށް ހާއްސަ ގޭމިން މުބާރާތެއް ބާއްވަނީ
4 ދުވަސް ކުރިން
0
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
8 ދުވަސް ކުރިން
0
އުރީދޫ ކަރާފެޅުމުގެ ގްރޭންޑް ޕްރައިޒް ލިބުނީ ޝާދިޔާއަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އެގްރިކަލްޗާ މިނިސްޓްރީއަށް އޭސީސީ އާއި ފުލުހުން ވަދެއްޖެ
2 މިނެޓް ކުރިން
0
ރައީސް، ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި
3 ގަޑިއިރު ކުރިން
0
ދިރާގު ފުވައްމުލައް ރަންގެ ބިބް އަދި ރޭސް ކިޓް ދޫކުރަން މިއަދު ފަށަނީ
4 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
4 ގަޑިއިރު ކުރިން
0