
މިއަދުގެ ހުކުރު ހުތުބާގައި ބުނީ މިހާރު މިތިބީ ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށާއި ވީމާ ހެޔޮ އަމަލުތައް ގަބޫލުކުރައްވާތޯ މާތްﷲގެ ހަޒްރަތުގައި ދުއާ ދަންނަވަންޖެހޭ ކަމަށެވެ. އެ ދުވަސްތަކާއި ރޭތައް އިހުޔާކުރުމަކީ އެކަމުގެ ދަރުމައާއި ސަވާބުގެ މިންވަރު ހިސާބުކުރާން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ."ފަހު ދިހައިގައި ލައްވައިފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްގަދުރި އެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވައިފައިވެ އެވެ. މި މަތިވެރި ރެއަކީ މާތްﷲ އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރެއެވެ..،" ހުތުބާގައި ބުންޏެވެ.ލައިލަތުލްޤަދުރީގެ މަތިވެރިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވަނީ: