ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު އިއުލާނު ނުކުރަން އެދެފި
އިސްމާއިލް ރިޒާ
29 މާޗް 2025 - 15:04
0
comments
Tweet
Telegram
އެއްވެސް ބަޔަކު އަމިއްލަ އަމިއްލައަށް ރޯދަ އާއި އީދު ދުވަސް އިއުލާން ކުރުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް ކަމަށާއި އެހެންވެ އެ ކަމަށް ސަމާލުވާން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފި އެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދާ ގުޅޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއާ އެކު، ހަނދުގެ މައުލޫގައި ރައްޔިތުންގެ ގިނަ ބަޔަކު ވެސް އަންނަނީ ހިޔާލު ފާޅުކުރަމުންނެވެ.
އެހެންވެފައި އޮއްވައި ޝަހީމް މިއަދު ވަނީ އެއްވެސް ބޭފުޅަކު އަމިއްލަ އަމިއްލައަށް ޢީދު އިއުލާނުނުކުރަން އެދިވަޑައިގެންފަ އެވެ.
މިނިސްޓަރު ވިދާޅުވީ، ތަރި އިރު ހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާނެ ގޮތަށް ކަމަށާއި ޚާއްސަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމުތަކެއް ތަރުތީބުވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،" ޝަހީމް ވިދާޅުވިއެވެ
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކުރީގެ ރެކްޓަރު ޑރ. ހަސަން ހަމީދު ވިދާޅުވެފައި ވަނީ ހަނދު ފެންނަ ދުވަސް ބަލަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އާ ހަނދު އުފަންވާނީ މިއަދު ހަވީރު 3:57 ގައެވެ. އެ ހަނދު އޮއްސޭނީ 6:14 ގައެވެ. އިރު އޮއްސޭނީ ވެސް 6:14 ގައެވެ.
އީދު ވާނީ މާދަމައަށް ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ހަސަން ވަނީ އީދު ވާނީ ހޯމަ ދުވަހަށް ކަމަށް ވިދާޅުވެފަ އެވެ. މައުމޫން ރޭ ވިދާޅުވީ، ހިޖުރީ މަހެއް ނިމި، ކުރިއަށް އޮތް މަހުގެ ހަނދު ހަމަލޮލަށް ފެނުން ލާޒިމް ނޫން ކަމަށާއި އިރުއޮއްސުމަށް ފަހު، ކިތަންމެ ކުޑަހިނދުކޮޅަކަށް ވިޔަސް ހަނދު ނުއޮއްސި ހުރި ކަން ހިސާބުން ސާބިތުވާ ނަމަ އާ މަހެއް ފެށުނީ ކަަމަށް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ.
ހަނދު ސާބިތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ ބައްދަލުވުން މިރޭ އޮންނާނެ އެވެ. އެ ބައްދަލުވުމުގައި ރާއްޖެއަށް ފިތުރު އީދު ވާނެ ދުވަސް ރަސްމީކޮށް ކަނޑައަޅައި އިއުލާންކުރާނެ އެވެ. މި އަހަރު ރާއްޖެއަށް ރޯދަމަސް ފެށުނީ ވެސް ހަނދު ނުފެންނަނީހެވެ. އެއީ، ސައުދީއަށް ހަނދު ފެނުމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
ސައުދީގައި ދިވެހި ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ހަދައިފި
1 މަސް ކުރިން
0
ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ މި މަހުގެ 26 ގައި
1 މަސް ކުރިން
0
މައްކާ ރޫޓް އިނިޝިއޭޓިވްގެ ހިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް
1 މަސް ކުރިން
0
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ސައުދީ ސަރުކާރުން ނިންމައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
2 ގަޑިއިރު ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
2 ގަޑިއިރު ކުރިން
0
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
8 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
9 ގަޑިއިރު ކުރިން
0