ވިޔަފާރި
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
ޓެކަސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި އެވެ.

އެ މުބާރާތް ކުރިއަށް ދާނީ ކްރޮސް ރޯޑްސް މޯލްޑިވްސްގެ ދި މެރީނާގަ އެވެ. އެ މުބާރާތަކީ ޓެކާސް ސްޕޯޓްސް މެނޭޖްމަންޓް ކޮމްޕެނީއިން ރިސޯޓުތަކަށް ހާއްސަކޮށް އިންތިޒާމްކޮށްގެން އެކި ޒޯންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.  

މި މުބާރާތަކީ ރިޒޯޓުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތެކެވެ. 

އެ މުބާރާތުގެ ގްރޫޕު އޭގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ދި މެރީނާ ކްރޮސްރޯޑްސް މޯލްޑިވްސް އާއި އެސްއޯ/ މޯލްޑިވްސް އާއި ސަން ސިޔާމް އޮޅުވެލިގެ އިތުރުން ވެލައްސަރު މޯލްޑިވްސް އަދި އެނބޫދޫ ވިލެޖް އެވެ. 

ގްރޫޕް ބީގައި ވާދަކުރާ ޓީމުތަކަކީ ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ކާފު އެޓޯލް އައިލެންޑް ރިސޯޓާއި އޮޒެން ލައިފް މާދޫ އާއި ސައި ލެގޫން މޯލްޑިވްސްގެ އިތުރުން ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އަދި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ. 

ދިރާގަކީ ރާއްޖޭގައި ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތައް ކުރިއެރުވުމަށް ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކުގައި ބައިވެރިވެ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު