ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ތިލަ އުތުރު ވޮލީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ހަސަން ހަލީމް
15 މެއި 2025 - 08:03
0
comments
Tweet
Telegram
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.
ހއ. ހޯރަފުށީގައި
ހޯސްޓް ކުރާ މި މުބާރާތުގެ
މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައާއި، އަތޮޅު ފެންވަރުގެ މުބާރާތް ތަކުގައި ހޯރަފުށީހެ ޓީމްތައް ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް ބަދަހި ކުރުމާއި ހއ. އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަން ބަދަހި ކުރުމުގެ ބޭނުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ހޯސްޓް ކުރާ ސަބަބެއްކަމަށެވެ
"ހާއްސަކޮށް އަތޮޅު ފެންވަރުގައި މުބާރާތެއް ހޯރަފުށީގައި ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ކުޅިވަރަށް ޝައުގުވެރިވާ ޒުވާނުންނާ، ކަނބަލުން، ރައްޔިތުން، ކައުންސިލް މެމްބަރުން ހއ. އަތޮޅު ވޮލީބޯޅަ މުބާރާތް ހޯރަފުށީގައި ބާއްވާ ދިނުމަށް އެދި ރަށުގެ ކައުންސިލަށް ހުށައެޅަމުން ގެންދިއުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ބޭއްވުމަށް ބޭނުންވި މަގްސަދެއް" ވަހީދު ވިދާޅުވި އެވެ
ވަހީދު އިތުރަށް ވިދާޅުވީ މި މުބާރާތުގެ
ޑިޖިޓަލް ޕާޓްނަރުކަން ދިރާގަށް ލިބުމަކީ މި މުބާރާތުގެ ފޯރި އިތުރަށްގަދަވެ މުބާރާތުގެ މަންޒަރުތައް ދުރައް ގެނެސް ދިނުމަށް ލިބުނު އިތުރު ހިތްވަރެއްކަމުގައި އެވެ.
ދިރާގަކީ ރާއްޖޭގެ އެކިއެކި ކުޅިވަރުތަކަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކުންފުންޏެވެ. ހާއްސަކޮށް ކުޅިވަރުގެ ގިނަ އިވެންޓްތަކެއް ލައިވް ކުރުމަށް ހާއްސަ އެހީތެރިކަމެއް ދިރާގުން ފޯރުކޮށްދެމުންދާ އިރު، އެ ކުންފުނި އަބަދުވެސް ފާހަގަކޮށްލެވެނީ އެތުލީޓުންގެ ކުރިމަގަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކުންފުންޏެއްގެ ގޮތުގައެވެ. ހާއްސަކޮށް ގިނަ އިވެންޓްތަކެއްގައި ޝާމިލުވެ، ދިރާގު ފާހަގަކޮށްލެވެނީ ދިވެހި އާބާދީއާ ރަނގަޅު ގުޅުންތެރިކަމެއް ދަމަހައްޓަމުންދާ ކުންފުންޏެއްގެ ގޮތުގައެވެ.
"ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.
ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ.
"ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
19 ގަޑިއިރު ކުރިން
0
ދިރާގުގެ އެހީގައި ބޭއްވި ކުޑަކުދިންގެ ފެއާއަށް ބޮޑު ތަރުހީބެއް
1 ދުވަސް ކުރިން
0
ހޯރަފުށީގައި މި މަހު ބާއްވާ ތިލަ އުތުރު ވޮލީ މުބާރާތުގައި ފަސް ޓީމް ވާދަކުރޭ
2 ދުވަސް ކުރިން
0
ތިލަ އުތުރު ވޮލީބޯޅަ މުބާރާތް މި މަހު 23 ގައި ހޯރަފުށީގައި ފަށަނީ
4 ދުވަސް ކުރިން
0
ހޮޓެލިއާ މޯލްޑިވްސް އެވޯޑްސްގެ ޕާޓްނަރަކަށް ދިރާގު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސީޕީއަށް ގުޅީ ގެ ބަލާ ފާސްކުރަން ކޯޓު އަމުރެއް ބޭނުން ނުވާނެ ކަމަށް ބުނަން: އަމީން
58 މިނެޓް ކުރިން
0
ސައިކަލުން ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
3 ގަޑިއިރު ކުރިން
0
ކުޑަފަރީ އަދި ހެނބަދޫގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި
3 ގަޑިއިރު ކުރިން
0
އިތުރު 20 ދުވަހު ރައުދު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
3 ގަޑިއިރު ކުރިން
0