ސައިކަލުން ޖެހި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް
މަރިޔަމް އަނާ
15 މެއި 2025 - 13:15
0 comments
ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓް
ހުޅުމާލޭ ނިރޮޅުމަގުގައި މިއަދު ހެނދުނު ކުޑަކުއްޖަކު އުރައިގެން ދިޔަ އަންހެނަކު މަގު ހުރަސްކުރަނިކޮށް އޭނާ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވާ ގޮތުން އެ އެކްސިޑެންޓު ރިޕޯޓުކުރީ ހެނދުނު 9:23ހާއިރެވެ.ފުލުހުން ބުނީ، އަންހެން މީހާގެ އުރުގައި އިނީ އެއް އަހަރާއި އަށް މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޯ ދުޅަވެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ ވާއަތު އުޅަނބޮށި މަށައިގެން ގޮސްފައިވާއިރު، ސައިކަލު ދުއްވި މީހާގެ ވާއަތު ކޮނޑުހުޅުން ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ބުނީ އެ އެންމެންނަށް ވެސް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އޭގައި ފެންނަނީ ތުއްތު ކުއްޖަކު އުރާލައިިގެން މަގު ހުރަސް އުޅުނު އަންހެނެއްގެ ގައިގައި ބާރު ސްޕީޑްގައި ދިޔަ ސައިކަލަކުން ޖެހި ވިއްސައިގެންދާ ތަނެވެ.އެ ހާދިސާ ހިނގުމާ އެކު ސައިކަލުތަލުން ދިޔަ ބަޔަކު މަޑުކޮށް އެކްސިޑެންޓްވި މީހުންނަށް އެހީވާ މަންޒަރު ފެނެ އެެވެ.
ކިޔުންތެރިންގެ ޝުއޫރު