ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
މަރިޔަމް އަނާ
15 މެއި 2025 - 16:48
0
comments
Tweet
Telegram
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ބޭރު ކޮށްލައިފި އެވެ.
20 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ 12 މެންބަރުން ސޮއިކުރައްވާ މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. މައްސަލަ ހުށައެޅުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ވަޒީރު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު މައްސަލަ ތާވަލުކުރީ މިއަދު އެވެ.
މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ ތެރެއިން 54 ވޯޓާއެކު އެ މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
އިދިކޮޅު އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތެއްގެ މަތިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ޓްރާސްޕޯޓް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
އެކަމާ ގުޅޭގޮތުން މިއަދު މަޖިލީހުގައި ޖަވާބުދާރީވަމުން އަމީން ވިދާޅުވީ ފުލުހުންގެ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.
އޭނާ ވަނީ އަންހެން ކުއްޖާ ވެއްޓުނު މައްސަލައާ އޭނާ އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ އަމިއްލައަށް އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ވިދާޅުވެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
11 ގަޑިއިރު ކުރިން
0
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފި
1 ދުވަސް ކުރިން
0
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު އަނބުރާ ކޮމިޓީއަށް
1 ދުވަސް ކުރިން
0
މަހާޒް އާއި އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތެލާއި، ކެނަބިހާއި، ހެރޮއިން ހިމެނޭހެން 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
8 މިނެޓް ކުރިން
0
އަތޮޅުތެރޭގެ އޭޓީއެމްތަކަށް ހަތަރުމަސް ތެރޭގައި 1.3 ބިލިއަން ޖަމާކުރި
13 މިނެޓް ކުރިން
0
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
4 ގަޑިއިރު ކުރިން
0
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
6 ގަޑިއިރު ކުރިން
0