ޚަބަރު
ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ނިންމާލިއިރު 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ ކޮންމެ އަހަރެއްގެ ވެސް މެއި 15، ގަ އެވެ. ދެވަނަ ދައުރު ފެށޭނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ.

އަބްދުއްރަޙީމް ވިދާޅުވީ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށައެޅިފައިވާ 77 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ.

"މެންބަރުން މި ދައުރުގެ ތެރޭގައި މަޖިލީހުގެ މަަސައްކަތްތަކަށް ދެއްވާ އަހަންމިއްޔަތުކަމަށްޓަކައި ޝުކުރުދަންނަވަން." މަޖިލީހުގެ ރައީސް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް މިދިޔައީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން، ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރުގެ މައްޗަށް ހިންގި ގައިރު ގާނޫނީ ތަހުގީގަށް ބިނާކޮށް އެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށްފަހު އެވެ.

ފުރަތަމަ ދައުރުގެ ތެރޭގައި ނުވަ ބިލެއް ފާސްކޮށްފައިވާއިރު، މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މަޖިލީހުގެ ޖަލްސާތައް މަދުވެ، އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. މި ދައުރުގައި ފާސްކުރި ގިނަ ބިލްތަކަކީ މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ކޮމިޓީ މަރުހަލާގައި ހުރި ބިލްތަކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު