ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު އަނބުރާ ކޮމިޓީއަށް
މަރިޔަމް އަނާ
14 މެއި 2025 - 14:12
0
comments
Tweet
Telegram
ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިސް ސާވިސް އިން ބޭރުން ވަކި ހިދުމަތެއް ދޭ އިދާރާއެއްގެ ގޮތުގައި ހިންގަން ގާނޫނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް ފާސްނުކޮށް އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ބިލު ދިރާސާކުރިގޮތުގެ ރިޕޯޓު ހުށައަޅައި ފާސްކުރުމަށް ވޯޓަށް އެހުމުން، މެންބަރުންގެ އަޣްލަބިއްޔަތުން ނިންމެވީ ބިލު އިތުރަށް ފުރިހަމަކުރުމަށް އަނބުރާ ކޮމިޓީއަށް ފޮނުވުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. މި ބިލު މަޖިލީހަށް ހުށައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު އެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލް ފާސްކުރުމާ މެދު މިއަދު ނެގި ވޯޓުގައި 67 މެންބަރުން ވޯޓު ދެއްވީ އެ ބިލް ފާސްނުކުރުމަށެވެ. އެހެންވެ، ބިލް އަލުން ކޮމިޓީއަށް ފޮނުވަން ވޯޓަށް އެހި އެވެ. އެކަމަށް 70 މެންބަރުން ވޯޓު ދެއްވި އެވެ.
ބިލް ފާސްކުރަން ވޯޓު ދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެކަންޏެވެ.
ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.
ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އާ ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސަރވިސްއާއި އެޑްމިނިސްޓްރޭޓިވް ސަރވިސްއެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރުކަމަށްވެސް ބިލުގައިވެ އެވެ.
މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނުއްވާފަ އެވެ.
ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ޚާރިޖީ ވުޒާރާވެސް ވަނީ 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފޮރިން ސަރވިސް ޤާނޫނާއެކު، ސިވިލް ސަރވިސްގެ ދަށުން ވަކިކޮށްފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 90 ދުވަސް ފަހުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު އަނބުރާ މަޖިލީހަށް
6 ދުވަސް ކުރިން
0
މަޖިލީހުގެ ނައިބު ރައީސް ހޮވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި
6 ދުވަސް ކުރިން
0
މަޖިލިހުގެ އާ ނައިބު ރައީސް އިންތިހާބުކުރަން މިއަދު އިތުރު ޖަލްސާއެއް ބާއްވަނީ
23 ދުވަސް ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން އަރައިފި
3 ގަޑިއިރު ކުރިން
0
ތާރުއެޅުމަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު މިރޭ ބަންދުކުރަނީ
3 ގަޑިއިރު ކުރިން
0
ކުކުޅު ފިހާރަ: ހިލޭ ކުކުޅު ކުރަނޑި ކޭސް ލިބޭ ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ ހޮވައިފި
7 ގަޑިއިރު ކުރިން
0
ދަރަނި ދައްކަން ޖެހޭނީ ރައްޔިތުން ނިކަމެތި ނުކޮށް: ނަޝީދު
8 ގަޑިއިރު ކުރިން
0