ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ
އިސްމާއިލް ރިޒާ
12 އޭޕްރީލް 2025 - 13:43
0 comments
ލާމު ލިންކް ރޯޑުގެ ސަރަހައްދެއް - ފޮޓޯ/ ތޮއްޓޭ ފޮޓޯގްރަފީ
ލ. މާންދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ލިންކްރޯޑުން، ލ. މާންދޫ ބެންޑު ސަރަހައްދުން ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، އެކްސިޑެންޓެއް ވެފައިވާ ކަމަށް ރޭ ދަންވަރު 1:40ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.އެ ހާދިސާގައި ނިޔާވީ ލ. މާބައިދޫ، ސޫރަޖް ވިލާ، 30 އަހަރުގެ އިބްރާހީމް ނައުޒަމް ކަމަށް ފުލުހުން ބުންޏެވެ.އޭނާ ނިޔާވީ، ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ހެނދުނު 8:45 ހާއިރެވެ.މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު