ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި
އަލީ ރާޒީ
18 ޖޫން 2025 - 15:31
0
comments
Tweet
Telegram
ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް، ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ، މުޅި އަތޮޅުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާއި އަތޮޅުގެ ވަކިވަކި ރަށްރަށަށް ބޭނުންވާ ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން، އަތޮޅުގައި ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބޭނުންވާކަމާއި، އަތޮޅުގައި ވީހާވެސް އަވަހަކަށް ހައުސިން ޔުނިޓް ގާއިމުކުރުމަށް ބޭނުންވާކަމާއި، ކުޅުދުއްފުށީ އެއާޕޯޓަށް ބާއްވާ އުދުހުންތައް މަދުވުމުން ދިމާވާ ދަތިތައް މެންބަރުން ފާހަގަކުރެއްވި އެވެ.
އަދި ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން، އަތޮޅުގެ ރަށްތަކުގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް ނެތުމުން ދިމާވާ ދަތިތައްވެސް އެބޭފުޅުން ހިއްސާކުރެއްވި އެވެ. މީގެއިތުރުން އިޤުތިޞާދީގޮތުން މަންފާ ހޯދުމަށް ބޭނުންކުރުމަށް ހދ. ފަރިދޫ ދޫކޮށްދެއްވައި، އަތޮޅުގައި ފަށާފައިހުރި މަޝްރޫއުތައް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވި އެވެ. އަދި ހދ އަތޮޅު ކައުންސިލުން މި ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލުން ދެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ، ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
22 ދުވަސް ކުރިން
0
ނައިބު ރައީސް ހުސައިން ދަތުރުފުޅު ކުރެއްވި ފްލައިޓުން ބޮމުގެ އިންޒާރެއް
29 ދުވަސް ކުރިން
0
ބްލޫ ޕްލެނެޓް ކްލައިމެޓް އެގްރިމެންޓުގައި ދިވެހިރާއްޖެއިން ސޮއިކޮށްފި
1 މަސް ކުރިން
0
ނައިބު ރައީސް ހަވާއީ އަށް ފުރާވަޑައިގެންފި
4 މަސް ކުރިން
0
ވައިގެ މަގުން ހަނިމާދޫއަށް ޑްރަގް އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބޮޓްލިން ޕްލާންޓު ވަޒީފާ ތަކުން މީހުން ވަކި ކުރުމަކީ އާއިލާތަކަށް ދިން ނިކަމެތި ކަމެއް: ވަހީދު
3 ގަޑިއިރު ކުރިން
0
ނައިބު ރައީސް ހދ. އަތޮޅު ކައުންސިލާއެކު މަޝްވަރާކުރައްވައިފި
4 ގަޑިއިރު ކުރިން
0
މާސްޓާސް ޓޭބަލް ޓެނިސް ޓޯނަމަންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
4 ގަޑިއިރު ކުރިން
0
ލަންކާގެ ދެ ކޮލެޖަކުން ނުކިޔަވަން އެމްކިޔުއޭ އިން އެދިއްޖެ
4 ގަޑިއިރު ކުރިން
0