ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނައިބު ރައީސް ހަވާއީ އަށް ފުރާވަޑައިގެންފި
މަރިޔަމް އަނާ
16 މެއި 2025 - 08:30
0
comments
Tweet
Telegram
ބްލޫ ޕްލެނެޓް އެލަޔަންސްގެ ދައުވަތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފި އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ރާއްޖެ ބައިވެރިވެ، އެފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި، ހާއްސަ މެހެމާނެއްގެގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.
މި ދަތުރުގައި ރާއްޖެއިން ރަސްމީކޮށް އެ ޖަމިއްޔާގައި ބައިވެރިވާނެ އެވެ. އަދި، މި މަހުގެ 18 އިން 23 އަށް ހަވާއީގެ ހޮނޮލުލޫގައި ކުރިއަށްދާ ފެލޯޝިޕް ޕްރޮގްރާމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން ހާއްސަ މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވާނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 މަސް ކުރިން
0
ދުބާއީ ދަތުރުފުޅަށް ފަހު ނައިބު ރައީސް ވަޑައިގެންފި
3 މަސް ކުރިން
0
ނައިބު ރައީސް، ގްލޯބަލް ގަވަމަންޓް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންފި
3 މަސް ކުރިން
0
ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
5 މަސް ކުރިން
0
ނައިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޕީއެންސީގެ ނައިބު ރައީސްކަން ގައްސާނާއި ޝިޔާމަށް
5 ގަޑިއިރު ކުރިން
0
ރައީސް ބްރޯޑްކޮމަށް ރިލްވާން އައްޔަނުކުރައްވައިފި
5 ގަޑިއިރު ކުރިން
0
ނައިބު ރައީސް ހަވާއީ އަށް ފުރާވަޑައިގެންފި
5 ގަޑިއިރު ކުރިން
0
ތެލާއި، ކެނަބިހާއި، ހެރޮއިން ހިމެނޭހެން 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
15 ގަޑިއިރު ކުރިން
0