ރައީސް ބްރޯޑްކޮމަށް ރިލްވާން އައްޔަނުކުރައްވައިފި
މަރިޔަމް އަނާ
16 މެއި 2025 - 08:35
0 comments
ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން: ރައީސް ބްރޯޑްކޮމަށް ރިލްވާން އައްޔަނުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ބްރޮޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ރިލްވާން އައްޔަން ކުރައްވާފައިވަނީ އިއްޔެ އެވެ.ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިއުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޫސާ ރިލްވާން ބްޜޯޑްކޮމް އަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.ރިޟްވާން 2017 އާއި 2024 ވަނަ އަހަރާއި ދެމެދު މަސައްކަތްކޮށްފައި ވަނީ ބޭރުގެ އެހީގައި ރާއްޖޭގައި ހިންގި ތަފާތު މަޝްރޫއުތަކުގެ ކޮމިއުނިކޭޝަނާއި ގުޅޭ މަސައްކަތް ތަކުގައެވެ. އެގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ދަށުން ގްލޯބަލް އެންވަޔަރަންމެންޓް ފެސިލިޓީ (ޖެފް)، ވޯލްޑްބޭންކް އަދި ޑަބްލިއުއެޗްއޯ ފަދަ ޖަމިއްޔާތަކުން ފަންޑުކޮށްގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގައި ކޮމިއުނިކޭޝަން ސްޕެޝަލިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.ރިޟްވާނަކީ އިޖްތިމާއީ ރޮނގުން ވެސް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.އޮގޮތުން ސްކައުޓް ހަރަކާތުގައި އޭނާ ގެންދަވަނީ އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ފަންނީ ތަމްރީންތައް ފުރިހަމަކޮށް އެ ހަރަކާތްތެރިވެލައްވަމުންނެވެ. އަދި ސްކައުޓް ލީޑަރެއްގެ ގޮތުގައި މާލޭގެ ބައެއް ސްކޫލުތަކުގައި މަސައްކަތް ކުރެއްވިއެވެ. އަދި ސްކައުޓް އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގައި ނެޝަނަލް ކޮމިޝަނާ ފޯ އެޑަލްޓް ރިސޯސަސްގެ މަގާމު ފުރުއްވިއެވެ.އޭނާ ވަނީ ތައުލީމީ ރޮންގުން، ބެޗެލާ އޮފް އާޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ހާސިލްކުރައްވާފައެވެ.އަދި މާސްޓާސް ހައްދަވަމުންގެންދަވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.
ކިޔުންތެރިންގެ ޝުއޫރު