ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދުބާއީ ދަތުރުފުޅަށް ފަހު ނައިބު ރައީސް ވަޑައިގެންފި
އަލީ ރާޒީ
16 ފެބުރުއަރީ 2025 - 18:27
0
comments
Tweet
Telegram
ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2025 ގެ ޕްލެނަރީ ސެޝަނާއި ގްލޯބަލް ގަވަރމަންޓް އެކްސެލެންސް އެވޯޑްގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަމިޓުގެ ހަވާސާގައި ބޭއްވި ދަ ގަވަމަންޓްސް އެކްސްޕީރިއަންސް އެކްސްޗޭންޖް ފޯރަމާއި ކްލައިމެޓް ޗޭންޖް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުފުޅު ތެރެއިން ނައިބު ރައީސް ވަނީ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2025"ގެ ހަވާސާގައި ކުރިއަށްދިޔަ، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ބެހޭ ފޯރަމްގައި ތަޤުރީރު ކުރައްވާފައެވެ. އެގޮތުން މި ތަޤުރީރުގައި އެމަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާތަކަކީ ސިޔާސީ މަޝްވަރާތަކަށް އިންތިޒާރުކޮށް، މަޑުކުރާނެ ކަމެއް ނޫންކަމަށާއި، ތޫފާނީ ބާރު ގަދަވުމަކީ އިޤްތިޞާދީ އޮއިވަރާ ގުޅިފައި އޮތް ކަމަކަމަށް ނުވާ ފަދައިން، ފިނިހޫނުމިން މަތިވުމަކީ ސަރަޙައްދީ އިމަކަށް ބަލައިގެން މެދުވެރިވާ ކަމެއް ނޫން ކަމުގަ އެވެ. މި ފޯރަމްގައި ނައިބު ރައީސްގެ އަރިހުގައި ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ އަމްނާ އަލް ދަހަކް އާއި ރިޕަބްލިކް އޮފް މަޑަގަސްކަރަގެ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ހިޒް އެކްސެލެންސީ މެކްސް އެންޑޯނިރީނާ ފޮންޓެއިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސަމިޓުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
ނައިބު ރައީސް ހަވާއީ އަށް ފުރާވަޑައިގެންފި
3 މަސް ކުރިން
0
ނައިބު ރައީސް، ގްލޯބަލް ގަވަމަންޓް އެވޯޑްގެ ޕްލެނަރީ ސެޝަންގައި ބައިވެރިވެވަޑައިގެންފި
3 މަސް ކުރިން
0
ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
5 މަސް ކުރިން
0
ނައިބު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވައިގެ މަގުން އެތެރެކުރަން ކުރަން އުޅުނު އެއް ކިލޯ ކޮކެއިން އަތުލައިގެންފި
8 ގަޑިއިރު ކުރިން
0
ކައުންސިލްތަކުގެ ބައިއިލެކްޝަން މަދުކުރާ ބިލު ތަސްދީގުކޮށްފި
8 ގަޑިއިރު ކުރިން
0
ކުޅުދުއްފުށީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށަން އެމްޕީއެލްއާ ހަވާލުކޮށްފި
8 ގަޑިއިރު ކުރިން
0
ދުންފަތާ ދެކޮޅު ފިޔަވަޅުތަކާ ގުޅިގެން ރައީސް މުއިއްޒަށް ހާއްސަ އެވޯޑެއް
8 ގަޑިއިރު ކުރިން
0