ޚަބަރު
ނައިބު ރައީސް ހުސައިން ދަތުރުފުޅު ކުރެއްވި ފްލައިޓުން ބޮމުގެ އިންޒާރެއް
ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު މިދިޔަ ހަފްތާގައި އެމެރިކާގައި ދަތުރުކުރެއްވި މަތިންދާބޯޓެއްގައި ބޮމުގެ އިންޒާރެއް ލިޔެފައި ހުއްޓާ ފެނިގެން ބޯޓު އަނބުރާ ޖައްސައިފި އެވެ.


ރިޕޯޓްތައް ބުނާ ގޮތުގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނީ ޔުނައިޓެޑް އެއާލައިންގެ ވައިޑްބޮޑީ ބޮއެން 777ގެ ފްލައިޓެއް އެމެރިކާގެ ހަވާއީގެ ހޮނޮލޫލޫ އިން ލޮސް އޭންޖެލްސްއަށް މިދިޔަ އަންގާރަ ދުވަހު ދަތުރުކުރަމުން ދަނިކޮށެވެ.

ބޮމުގެ އިންޒާރު ލިޔެފައި އޮތް ކަރުދާސްކޮޅު ތަތްކޮށްފައި ހުރީ ބޯޓުގެ ފާހަނައިގެ ލޯގަނޑުގަ އެވެ.

އެމެރިކާގެ އެފްބީއައި އިން މިހާރުވެސް މިމައްސަލަ ތަހުގީގުކުރަމުންދާއިރު ބޮމުގެ އިންޒާރާ ގުޅިގެން ބޯޓު ވަނީ ކުއްލި ހާލަތުގައި އަނބުރާ ހޮނޮލޫލޫއަށް ޖައްސާފަ އެވެ.

ނައިބު ރައީސް އިންނެވި ފްލައިޓެއްގައި ދިމާވި ހާދިސާއާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ރަސްމީކޮށް ބަހެއް ނުބުނެ އެވެ.


އެ މައްސަލަ އެމެރިކާގެ އެފްއައިބީން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު