
އެ ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ވޯޓުންނެވެ. އެ ގަރާރާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.މި ގަރާރު ހުށަހަޅުއްވަމުން ޝުޖާއު ވިދާޅުވެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ، އިގުތިސޯދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅުގައި، ގާނޫނުގައި ބުނާތީ ކޮންމެ ރަށަކަށް މަދުވެގެން ފަސް ކައުންސިލަރުން ކޮންމެހެން ތިބުން ލާޒިމްކޮށްފައި އޮތުމަކީ އެންމެ ރަނގަޅު ކަމެއްތޯ އާއްމުންގެ ތެރެއިން ގިނަ ބަޔަކު ސުވާލުކުރާ ކަމަށެވެ.އެހެންވެ، އެ ހައްސާސީ މައްސަލައަށް ހައްލު ގެނައުމަށް ކަމާގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި ހުރިހާ މުއައްސަސާތަކަށް އެހީތެރިކަން ހޯދުމަށް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް އެ ގަރާރު ހުށަހެޅުއްވީ ކަމަށް، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ޝުޖާއު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ މިހާތަނަށް އެންމެ ގިނަ އިސްލާހު ގެނައި އެއް ގާނޫނެވެ.ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދާމެދުވެސް އާންމުންގެ ކަންބޮޑުވުން ހުރި ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.