ޚަބަރު
އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރައްވައިފި
ކެނދިކުޅުދޫ ކައުންސިލް ރައީސާއި ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުން: ފޮޓޯ: ޝާހިދު ފޭސްބުކް
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވި ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވައިފި އެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވާއިރު، މާލޭގައި އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސޯޝަލް ސެންޓަރުގަ އެވެ. 

މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން އޮތެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭޕްރީލް 19 ގައި ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހުގެ 4 ގައި ބޭއްވި އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑި އެވެ. އެއީ ސިޓީ ކައުންސިލްތަކުން ފަސް ގޮނޑި އާއި ރަށު ކައުންސިލްތަކުގެ ރައީސްގެ 75 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 101 ގޮނޑި އަދި އާންމު ގޮނޑީގެ 99 ގޮނޑި އެވެ. އިދިކޮޅު އެމްޑީޕީން ކައުންސިލްތަކުން ވަނީ މޭޔަރުގެ ފަސް ގޮނޑި އާއި ސިޓީ ކައުންސިލްގެ 41 ގޮނޑި އާއެކު ޖުމްލަ ލިބުނީ 563 ގޮނޑި އެވެ. 
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު