ވިޔަފާރި
ހުޅުމާލެ އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރަނީ
ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ކުލަގަދަ ފެސްޓިވަލެއް ބާއްވަން އެޗުޑީސީއިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ، "މައި ހުޅުމާލޭ ފެސްޓިވަލް"ގެ ނަމުގައި ފޯރިގަދަ ހަރަކާތްތަކާއެކު ބާއްވާ މި ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ކަމަށެވެ.

އެގޮތުން، އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ މި ފެސްޓިވަލްގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ޚާއްސަ ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް ހަރަކާތްތަކުގެ ތެރޭގައި:

  • ފޮޓޯގްރަފީ ކޮމްޕެޓިޝަން
  • ފެމިލީ ކާނިވަލް
  • ހުޅުމާލޭ ޑިސްކައުންޓް ވީކް
  • ހެލްތް ކޭމްޕް
  • ހުޅުމާލޭ ސްޓޯރީ ފޮޓޯ ވޯކް
  • މަސްރޭސް
  • ސައިކްލިން ޗެމްޕިއަންޝިޕް
  • ބީޗް ފެސްޓް
އެޗުޑީސީގެ ވެބްސައިޓުގައިވާ ގޮތުގައި ހުޅުމާލޭގައި ފުރަތަމަ އާބާދުވީ 200 އާއިލާ އެވެ. އޭރު އެ ރަށުގައި ހުންނަނީ ޖުމްލަ 210 އެޕާޓްމަންޓާއި 120 ގޯއްޗާއި 34 ކޮމާޝަލް ޔުނިޓެވެ.

ރަސްމީ ތަފާސްހިސާބުތަކުން (2022ގެ ބޯހިމެނުމުން) ދައްކާ ގޮތުގައި ހުޅުމާލޭގައި 92،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު