ޚަބަރު
ތިލަފުށީގައި ކްލިނިކެއް ހިންގާނެ ބަޔަކު ހޯދަނީ
ކ. ތިލަފުށީގައި ކްލިނިކެއް ހިންގަން ބިމެއް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން އެޗްޑީސީން އިއްޔެ އިއުލާނުކޮށްފި އެވެ.

އެ އިއުލާނުގައި ބުނީ ތިލަފުށީގައި ކްލިނިކެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެެވެ.

ކްލިނިކް ހިންގުމަށް ތިލަފުށިން 669.3 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޭން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ބިޑާ ގުޅޭ ސުވާލު ކުރެވެނީ sales@hdc.mv މެދުވެރިކޮށެވެ. އަދި، ޕްރޮޕޯސަލް ހުށަހެޅުން އޮތީ އަންނަ މެއި މަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށް އެޗްޑީސީގެ މައި އޮފީހުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ގިނަ މީހުންތަކެއް މަސައްކަތްކުރާ ތިލަފުށީގައި އެތައް ހާދިސާތަކެއް ހިނގައެވެ. ނަމަވެސް، ފަރުވާ ދޭނެ ތަނެއް ނުހުންނާތީ ގެންނަން ޖެހެނީ މާލެއަށެވެ.

އެ ކުންފުނިން ބުނީ ކްލިނިކް ހިންގަން އެ ބިން ކުއްޔަށް ދެނީ 10 އަހަރު ދުވަހަށް ކަމަށެވެ.

އިއުލާނުގައިވާ ގޮތުން ފުރަތަމަ ދެ އަހަަރު މަހު ކުލީގެ ގޮތުގައި އެ ބިމަށް ދައްކަން ޖެހޭނީ އަކަފޫޓަކަށް 17.5ރ. އެވެ. އެއީ މަހަކު ޖުމްލަ 11،712.75ރ. އެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެންމެ މަދުވެގެން 3-5 އަހަރަށް އެ ބިން ކުއްޔަށް ނަގާ ގޮތަށެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ ބިމުގައި ކްލިނިކް ހަދަން ކުރާ އިންވެސްޓްމަންޓަށް އަރާނެ ކަމަށް ލަފާކުރެވެނީ 435،045ރ. އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު