އެޗްޑީސީގެ ބޯޑު މެންބަރުގެ މަގާމަށް އިބްރާހިމް ތައާމު
ަމަރިޔަމް އަނާ
15 އޭޕްރީލް 2025 - 16:33
0 comments
އިބްރާހިމް ތައާމު މުހައްމަދު -- ފޮޓޯ: ހައުސިން މިނިސްޓްރީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
ޕީސީބީން މިއަދު ވަނީ އެކަން އިއުލާނުކޮށްފަ އެވެ. ތައާމް އަކީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.މިދިޔަ ހަފްތާގައި ޕީސީބީން ވަނީ އެޗްޑީސީގެ ބޯޑު މެންބަރު މުހައްމަދު ވަހީދު އެ މަގާމުން ވަކިކޮށްފަ އެވެ. އެހެންވެ ތައާމު އައްޔަންކުރީ އޭނާ އޭރު ހުސްވި ބޯޑުގެ ޖާގައަށެވެ.އެޗްޑީސީގެ ބޯޑުގައި ޖުމްލަ 10 މެމްބަރުން ތިބެ އެވެ.އެޗްޑީސީގައި ހިނގި ކޮރަޕްޝަންގެ ބައެއް މައްސަލަތަކާ ގުޅިގެން އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން މިދިޔަ ޑިސެމްބަރު މަހު ސަސްޕެންޑްކުރި އެވެ. ނަމަވެސް ސަސްޕެންޑް ކުރިތާ ހަތަރު ދުވަސް ފަހުން ވަނީ މެންބަރުން ސަސްޕެންޝަން އުވާލައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު