ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
އަހުމަދު ނިހާން
15 އޭޕްރީލް 2025 - 13:58
0
comments
Tweet
Telegram
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ ނާދެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެހެންވެ، ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެއެއް ނުވެވޭނެއެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.
ސަރުކާރުން އެކަން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ. އެހެންވެ، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ.
ކޮމެޓީން އިއްޔެ ފާސްކޮށްފައި ވަނީ އޮކްޓޯބަރު 07، 2023 އިން ފެށިގެން އިރޭލުން ފަލަސްތީނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް މެދުކެނޑެންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުމަކީ މަނާ ކަމެއް ކަމަށް އެ ގާނޫނުގެ އަށްވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި، ޑުއަލް ސިޓިޒެންޝިޕް ގެންގުޅޭ އިޒްރޭލު މީހުންނަށް ވެސް ރާއްޖެ ނާދެވޭނެހެން ޕާސްޕޯޓު މަނާ ކުރުމަށް އޮތް ބައި ވަނީ އުނިކޮށްފަ އެވެ. އެގޮތަށް އުނިކޮށްފައި ވަނީ އިމިގްރޭޝަނުން އެދުމުންނެވެ.
މި ބިލާ ގުޅޭ ގޮތުން އިމިގްރޭޝަނުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައި ވަނީ ޑުއަލް ސިޓިޒެންޝިޕް އޮންނަ މީހުންގެ ޕާސްޕޯޓް މަނާ ކުރުމަކީ އެ އިދާރާއަށް ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ޑުއަލް ސިޓިޒެންޝިޕް ލިބިފައިވާ ފަރާތެއްކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް އެ އިދާރާގައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިރުމަތީ ގުދުސް ހިމެނޭ ގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތަށް ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމާއި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ރައީސް ވަނީ މީގެ ކުރިން ގޮވާލައްވައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
20 ގަޑިއިރު ކުރިން
0
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި
20 ގަޑިއިރު ކުރިން
0
އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި
2 ދުވަސް ކުރިން
0
އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
2 ގަޑިއިރު ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
11 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
13 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
19 ގަޑިއިރު ކުރިން
0