ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި
ހަސަން ހަލީމް
13 ޖޫން 2025 - 12:39
0
comments
Tweet
Telegram
އިރާނުގެ އަސްކަރީ މަރުކަޒުތަކާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭހެން އަށް ސަރަހައްދަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއްދީ އެ ގައުމުގެ އަސްކަރިއްޔާގެ އިސް އެތައް އޮފިޝަލުންނަކާއި ނިއުކްލިއާ ސައިންޓުސްޓުން އަވަހާރަކޮށްލައިފި އެވެ.
އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލު ހަމަލާތައް ދޭން ފެށީ ރޭ ދަންވަރެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މި އޮޕަރޭޝަނަށް ނަން ދީފައި ވަނީ "ނޭޝަން އޮފް ލަޔަންސް" ގެ ނަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އީރާންގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަކަށް ވަނީ ހަމަލާ އަމާޒުކޮށްފަ އެވެ. އަދި ފުރަތަމަ ދިން ހަމަލާތަކަށް ފަހު ދެވަނަ ފަހަރަށް ވެސް ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓްތަކެއް ވެސް އާންމުވެފައިވެއެވެ.
އީރާނަށް ހަމަލާ ދިނުމަށް ފަހު އިޒްރޭލު މިހާރު އޮތީ އީރާންގެ ހަމަލާއަކަށް ތައްޔާރުވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްގެންނެވެ.
ހަމަލާތަކާ ގުޅިގެން އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުއްالله އަލީ ހަމަނާއީ ނެރުއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި އިރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ނިއުކްލިއާ ސައިންޓިސްޓުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. އެ ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ލިބިގަންނާން ތައްޔާރުވުމަށް ހަމަނާއީ ވަނީ އިޒްރޭލަށް އިންޒާރު ކުރައްވައިފަ އެވެ.
މިއަދުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ ބުނެފައި ވަނީ މި ހަމަލާތަައް ދީފައި ވަނީ އިރާނުގެ ނިއުކްލިއާ މަސައްކަތްތައް ކުރަމުންދާ ތަންތަނާއި ބެލިސްޓިކް މިސައިލް އުފައްދާ ކާރުހާނާތަކަށް ކަމަށެވެ.
ވީޑިއޯ މެދުވެރިކޮށް ދިން އެ މެސެޖުގައި ނަތަންޔާހޫ ބުނީ އިރާނުގެ ފަރާތުން އިޒްރޭލަށް އޮތް ނުރައްކާ އެއްކޮށް ނައްތައިލެވެންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
56 މިނެޓް ކުރިން
0
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
18 ގަޑިއިރު ކުރިން
0
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި
26 ދުވަސް ކުރިން
0
އެމެރިކާގެ ވާހަކަ ތަކުގައި މުޅިން ވެސް ހުރީ މަކަރު: އީރާން
26 ދުވަސް ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އިރާނުން ރައްދުގައި އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
56 މިނެޓް ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
9 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
11 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
18 ގަޑިއިރު ކުރިން
0