ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި
ހަސަން ހަލީމް
13 ޖޫން 2025 - 12:59
0
comments
Tweet
Telegram
އީރާންގެ އެކި ތަންތަނަށް އިޒްރޭލުން ރޭ ފަތިހު ހަމަލާތައް ދޭން ފެށުމަށް ފަހު އަދިވެސް ނުހުއްޓާ ކުރިއަށް ގެންދާ ކަމަށް ބުނެފައި ވާއިރު އީރާނުން 100 ވަރަކަށް ޑްރޯން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލައިފި އެވެ.
އީރާނުން އިސްރާއީލާއި ދެކޮޅަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވަނީ ރޭގެ ވަގުތެއްގައި އިސްރާއީލުން އީރާނުގެ ނިއުކްލިޔާ ބައެއް މަރުކަޒުތަކަށާއި އެހެނިހެން ތަންތަނަށް ދިން ހަމަލާތަކާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުންނެވެ.
"އީރާނުން އިސްރާއީލުގެ ސަރަހައްދާ ދިމާއަށް ގާތްގަނޑަކަށް 100 ޔޫއޭވީ ފޮނުވާލި، އެކަން ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ،" އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އެފީ ޑެފްރިން ނޫސްވެރިންނަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި 200 ފަޔާ ޖެޓުން މުޅި އީރާނުގެ ގާތްގަނޑަކަށް 100 އަމާޒަކަށް ހަމަލާދީފައިވާނެ ކަމަށެވެ.
އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ އީރާނަށް ހަމަލާދީ ބައެއް ކޮމާންޑަރުންނާއި ސައިންސްވެރިން މަރާލި "ޖަރީމާ"އަށް ފަހު "ހަރުކަށި އަދަބު ލިބޭނެ ކަމަށް އުންމީދު ކުރަންޖެހޭ" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވަނީ އިސްރާއީލަށް އިންޒާރު ދީފައިވަނިކޮށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ގަޑިއިރު ކުރިން
0
އިރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އިޒްރޭލުން ވަރުގަދަ ހަމަލާތަކެއް ދީފި
26 ދުވަސް ކުރިން
0
އެމެރިކާގެ ވާހަކަ ތަކުގައި މުޅިން ވެސް ހުރީ މަކަރު: އީރާން
26 ދުވަސް ކުރިން
0
އަރަބި ސަމިޓް ނިންމާލީ އިޒްރޭލާ ދެކޮޅަށް ދަތިކުރަން ވެސް ގޮވައިނުލައި!
2 މަސް ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
8 ގަޑިއިރު ކުރިން
0
ހައްޖުގެ އަޅުކަމަށްފަހު ދިވެހި ހާޖީން އެނބުރި ރާއްޖެ އަންނަން ފަށައިފި
10 ގަޑިއިރު ކުރިން
0
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
17 ގަޑިއިރު ކުރިން
0
އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ދޭން ފަށައިފި
17 ގަޑިއިރު ކުރިން
0