ޚަބަރު
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާން އެދެފި
ހައްޖު ކޯޕަރޭޝަންގެ ނަމުގައި ފޭކު މެސެޖުތައް ފޮނުވައިގެން އޮޅުވާލައިގެން ފައިސާ ހޯދާތީ އެ ކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނީ، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤުޞަދުގައި އެ ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނަށް މެސެޖްތަކެއް ފޮނުވަމުންދާކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެކަމަށާއި އަދި އެކޯޕަރޭޝަންގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖްކޮށް އެއްވެސް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެކަމަށެވެ.



އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ޖަމާކުކުރުމަށް އަންގާނީ އެ ކޯޕްރޭޝަންގެ ނަމުފައި ހެދިފައިވާ ހުރި ރަސްމީ އެކައުންޓު ތަކަށްކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އެހެންވެ، ހައްޖު ކޯޕަރޭޝަނުން ވަނީ އެފަދަ ލިންކުތަކަށް ނުފިތުމަށާއި އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އީދު ބަންދުގައި އެކަނި ވެސް ސްކޭމްގެ 35 މައްސަލަ ހުށަހެޅިއިރު، އެ ހަފުތާގައި އެކަނި ތިން ލައްކައެއްހާ ރުފިޔާ ގެއްލުނު ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު