މާދަމާއަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް: ސައުދީ
މަރިޔަމް އަނާ
27 މެއި 2025 - 22:02
0 comments
މާދަމާއަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ ސަރުކާރުން ވަނީ އިއުލާންކޮށްފައި.
މި އަހަރުގެ ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާ އަށް މިރޭ ފެނުމުން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ ގައުމުގެ ސަރުކާރުން ދެންމެ އިއުލާނުކޮށްފި އެވެ.
ސައުދީ ސަރުކާރުން ކުރި އިއުލާނެއްގައި ބުނީ ޒުލްހިއްޖާ މަހުގެ ހަނދު މިރޭ ފެނިފައިވާތީ މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން އަރަފާތު ދުވަހަކީ އަންނަ މަހުގެ ފަސް ވަނަ ދުވަސް ކަމަށާއި ބޮޑު އީދު ދުވަހަކީ ހަ ވަނަ ދުވަސް ކަމަށެވެ.ސައުދީން މިގޮތަށް ނިންމުމާ އެކު، އިސްކާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ވަނީ ރާއްޖެއިން ވެސް އަމަލު ކުރާނީ ސައުދީގެ ނިންމުމާ އެއްގޮތަށް ކަމަށެވެ.ރާއްޖެއިން މި އަހަރު 1،000 މީހުން ހައްޖަށް ދާނެ އެވެ. ހައްޖުވެރިންްގެ ދެ ގުރޫޕެއް އިއްޔެ އާއި މިއަދު ފުރި އިރު ބުރާސްފަތި އަދި ހުކުރު ދުވަހު ވެސް ހައްޖުވެރިން ފުރާނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު