ކުދި ގައުމުތަކުގެ އެންމެ ވަރުގަދަ މުއާސަލާތީ ކުންފުންޏަކަށް މި އަހަރު ވެސް އުރީދޫ މޯލްޑިވްސް
އަހުމަދު ނިހާން
28 މެއި 2025 - 20:55
0 comments
އުރީދޫގެ ސީއީއޯ އަދި ސީއޯއޯ މި އެވޯޑާއެކު. އުރީދޫއަށް ރާއްޖޭގެ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ވެސް އޮވޭ
މި އަހަރުގެ ޓްވިމްބިޓް ޓެލެކޮމް އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއިން ސްމޯލް މާކެޓްސް ކެޓަގަރީން ޓެލްކޯ އޮފް ދަ އިޔަރގެ އެވޯޑު ހޯދައިފި އެވެ. އެއާއެކު އެކުންފުނިން މިވަނީ މި އެވޯޑު ވިދި ވިދިގެން ދެފަހަރު ހޯދާފަ އެވެ.
މިދިޔަ އަހަރާއި މި އަހަރު ވެސް "ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސް" އެވޯޑު ހޯދީ އުރީދޫއިންނެވެ. މި ކެޓަގަރީގައި ވާދަކުރަނީ ދެ މިލިއަން މީހުން އާބާދީގައި ހަމަނުވާ ގައުމުތަކުގެ މުއާސަލާތީ ކުންފުނިތަކުންނެވެ.މި އަހަރުގެ އެވޯޑު އުރީދޫއިން ހޯދީ ރާއްޖެ، ބުރުނާއީ އަދި ބޫޓާންގެ ކުންފުނިތަކާ ވާދަކޮށެވެ. އޭގެ ތެރޭގައި ދިރާގު، ބުރޫނާއީގެ ޑީއެސްޓީ އަދި ބޫޓާން ޓެލެކޮމް ފަދަ ކުންފުނިތައް ހިމެނެ އެވެ.އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެކުންފުންޏަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާ، ޖެހިޖެހިގެން ދެ ވަނަ އަހަރު އެ އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ އެވޯޑުން ހާމަކޮށްދެނީ އެކުންފުނިން ޑިޖިޓަލް ރާއްޖެއަކަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތައް ކަމަށެވެ. އަދި އެކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމަ ކުރުމަށް އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.އުރީދޫން ބުނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގުތައް ނައްތާލައި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށްދީ ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުންކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު