ބީއެމްއެެލްގެ ހިއްސާއަކަށް 55ރ. ބަހަން ފާސްކޮށްފި
އަލީ ރާޒީ
28 މެއި 2025 - 22:37
0 comments
ބާސެލޯސް ނަސަންދުރައިގައި އޮތް ބީއެމްއެލްގެ އޭޖީއެމްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 55ރ. ބަހަން އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.
ހިއްސާދާރުންގެ ރުހުމާ އެކު އެގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގެ އިވެންޓް ހޯލްގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި 296 މިލިއަން ރުފިޔާ ބަހަން ނިންމީ ހިއްސާއަކަށް 55ރ.ގެ މަގުންނެވެ.މީގެ ކުރިން 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ 50ރ. އެވެ.ބީއެމްއެލް އުފެއްދީ 10 މިލިއަން ރުފިޔާގެ ކެޕިޓަލަކުން ކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ހަރުދަނާ މިންގަނޑެއްގައި ފައިދާ އަލުން އިންވެސްޓްކުރަމުން ދިއުމުގެ ސަބަބުން މިއަދު ބޭންކުގެ ކެޕިޓަލް 14 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.މިއީ ބޭންކުގެ ހިއްސާދާރުން ފަޚުރުވެރިވާނެ ނަތީޖާއެއް. ރައުސުލްމާލު އިތުރުކުރުމަކީ މާލީ މުއައްސަސާއެއްގެ ކުރިއެރުމަށް ނުހަނު މުހިންމު ކަމެއް. ބީއެމްއެލް ފަދަ ސިސްޓެމިކަލީ މުހިންމު ބޭންކަކަށް، ވަރުގަދަ ރައުސުލްމާލެއް ބިނާ ކުރުމަކީ ވަރަށް މުހިއްމުކަމެއް،" ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި އެވެ.ޝަރީފް ވިދާޅުވީ ބޭންކުގެ ރައުސުލްމާލު ވަރުގަދަކުރުމަކީ ޑިޕޮސިޓަރުން ރައްކާތެރިކުރުމަށާއި، ވަރުގަދަ މާލީ ބިންގަލެއް އެޅުމަށާއި، އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލައި، ދިގު މުއްދަތަކަށް ފައިދާ ދެމެހެއްޓުމަށް މަގުފަހިކުރަން މުހިންމު ކަމެއް ކަމަށެވެ."ފައިދާ އަލުން އިންވެސްޓްކުރުން މުހިންމުވަނީ ބޭންކެއް ކުރިއެރުމުގައި ކެޕިޓަލް އިތުރުކުރުން މުހިންމުވާތީ. ސިންގަލް ބޮރޯވާ ލިމިޓުން ފެށިގެން އެކި ދާއިރާތަކަށް ބޭނުންވާ މިންވަރަށް ބޭންކުން ފައިނޭންސް ދޫކުރެވޭ މިންވަރު ކަނޑައެޅިގެންދަނީ ކެޕިޓަލް އަށް ބިނާކޮށް،" ޝަރީފް ވިދާޅުވިއެވެ.އެއާއެކު، މިދިޔަ އަހަރުގެ ކާމިޔާބީތައް މި އަހަރުވެސް ބޭންކުން ދަނީ ދަމަހައްޓަމުން ފަހަގަކުރެއްވިއެވެ.އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 698 މިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 497 މިލިއަން ރުފިޔާ ލިބުނުކަމަށް ވިދާޅުވިއެވެ.އަދި ފުރަތަމަ ކުއާޓަރގައި ބީއެމްއެލް އިން ފަރުދުންނާއި ވިޔަފާރިތަކަށް އަލަށް 1.7 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު %72 ގެ ކުރިއެރުމެއް ލިބުނު ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޝުއޫރު