ށ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ފަށައިފި
އަހުމަދު ނިހާން
24 މެއި 2025 - 20:35
0 comments
ބީއެމްއެލް އިން ށ. އަތޮޅުގެ ރަށެއްގައި އޭޓީއެމްއެއް ހުޅުވަނީ - ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ށ. އަތޮޅުގެ 10 ރަށެއްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ހުޅުވައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި އެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފަ އެވެ.
މި މަސައްކަތުގެ ދަށުން ށ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މިހާރު ވަނީ ނިންމާލާފަ އެވެ. އެ އަތޮޅުގައި މީހުން ދިރިއުލޭ 14 ރަށް އޮންނައިރު، މީގެ ކުރިން ހިދުމަތް ގާއިމުކޮށްފައި ނެތް 10 ރަށުގައި މިހާރު ވަނީ ހިދުމަތް ގާއިމުކޮށްފަ އެވެ.ށ. އަތޮޅުގައި އަލަށް އޭޓީއެމްގެ ޚިދުމަތް ފެށި ރަށްރަށް:
• ށ. ބިލެއްފަހި
• ށ. ފޭދޫ
• ށ. ގޮއިދޫ
• ށ. ކަނޑިތީމު
• ށ. ނޫމަރާ
• ށ. ޅައިމަގު
• ށ. ނަރުދޫ
• ށ. ފީވަށް
• ށ. ފޯކައިދޫ
• ށ. މަރޮށީބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ، މިއީ އަސާސީ ބޭންކިން ހިދުމަތްތައް ދިރިއުޅޭ ރަށެއްގައި ހުރެގެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގާ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވާފަ އެވެ."މި މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ގެންދެވޭ ކަމީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. މި އަހަރުގެ މިހާތަނަށް މުޅިން އަލަށް 37 ރަށެއްގައި އަޅުގަނޑުމެން ސެލްފް ސާވިސް ބޭންކިން ހިދުމަތް ގާއިމުކޮށްފިން،" އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެންގެ ވިއުގަ މުޅި ރާއްޖެއަށް ފުޅާކުރަމުން މި ދަނީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ނިޒާމެއް ގާއިމުކުރުމުގެ މަގްސަދުގައި."ޝަރީފް ވިދާޅުވީ މިއަހަރު އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ އޭޓީއެމްތައް މެދުވެރިކޮށް 1.45 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
ށ. އަތޮޅާއެކު ޖުމްލަ 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މިވަނީ އޭޓީއެމްގެ ޚިދުމަތް ފަށާފައެވެ. ޚިދުމަތް ފެށި އަނެއް އަތޮޅުތަކަކީ ހއ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.
ބީއެމްއެލްގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކުގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
ޚާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން އޭޓީއެމްގެ ޚިދުމަތް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރާ ބީއެމްއެލް ގުޅިގެން ފަށްޓަވާފައިވަނީ ވީހާވެސް ރައްޔިތުންނާ ގާތުން ލުއި ފަސޭހަކަމާއެކު ބޭންކިންގެ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު