ވިޔަފާރި
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓް ދެނީ
ބީއެމްއެލް ކާޑުތައް މެދުވެރިކޮށް ބައެއް ވިޔަފާރިތަކުން ޑިސްކައުންޑް ދެނީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ކާޑުތައް ބައެއް ފިހާރަތަކާއި ކެފޭތަކުގައި ބޭނުންކުރުމުން، 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލުން ބުނީ ބީއެމްއެލްގެ އޯފާ ޕޯޓަލްގައި ހިމެނޭ ތަފާތު އެކި ތަންތަނުން ވިޔަފާރި ކުރުމަށްފަހު ބީއެމްއެލް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 45 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ބީއެމްއެލުން ބުނި ގޮތުގައި ޑިސްކައުންޓް ލިބޭ ތަންތަނުގެ ތެރޭގައި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކް ފިހާރަތަކާއި ފަރުނީޗަރު ވިއްކާ ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ހިމެނެ އެވެ. އެތަންތަނުގެ މައުލޫމާތު https://offers.merchants.bankofmaldives.com.mv/ އިން ލިބޭނެ އެވެ.

ބީއެމްއެލްގެ ޕޯޓަލްގައިވާ ގޮތުން 40 ގިނަ ތަންތަނުން އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނެ އެވެ.

ބީއެމްއެލް ވިސާއާއި މާސްޓާކާޑްގެ އިތުރަށް، ސްޓޫޑެންޓް ކާޑުން މެދުވެރިކޮށް ވެސް ލިބޭ ޑިސްކައުންޓްތައް އޮފާ ޕޯޓަލްގައި ހިމަނައިފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު