ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް
މަރިޔަމް އަނާ
20 މެއި 2025 - 22:28
0
comments
Tweet
Telegram
ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރެވެންޖެހޭނެ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މ. މުލީގައި މިއަދު އެއާޕޯޓެއް ހުޅުވާފައިވާއިރު، ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވަންޖެހޭ ކަމަށާއި އެކަމަކު ގިނަ ރަށްރަށުގައި އެއާޕޯޓު އެޅުމަކީ ގޯހެއް ކަމަށެވެ.
"ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، ރައްޔިތުން ރަށު ބަންދުން ފިލުވުމަކީި ކޮންމެހެން ބޭނުންތެރި ކަމެއް. އެހެނަސް ރާއްޖޭގެ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ރާއްޖޭގެ ތަރައްގީއަށް އޮތް ނުހަނު ބޮޑު ހުރަހެއް،" ނަޝީދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ އެއާޕޯޓަކީ ވެސް ވަރަށް ދެރަކޮށް ކުރެވިފައިވާ ކަމެއް ކަމަށާއި އަދި ގދ. ތިނަދޫގައި އެއާޕޯޓެއް އެޅުން ވެސް ވާނީ ގޯހަކަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރ. ފައިނުގައި ވެސް އެއާޕޯޓު އެޅުން ރަނގަޅު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިމަނައިގެން ރާއްޖޭގައި މިހާރު 20 އެއާޕޯޓެއް އޮޕަރޭޓު ކުރެ އެވެ. އޭގެ އިތުރުން އެއާޕޯޓު ހިންގަނީ މުލި، ސ. ގން، ޏ. ފުވައްމުލަށް، ނ. މާފަރު، އދ. މާމިނގިލި، ދ. ކުޑަހުވަދޫ، ލ. ކައްދޫ، ބ. ދަރަވަންދޫ، ރ. އިފުރު، ގއ. ކޫއްޑޫ، ތ. ތިމަރަފުށި، ގދ. ކާޑެއްދޫ، ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ކޮންމެ ސަރުކާރަކުން ފަނޑިޔާރުން ބަދަލުކުރުމަކީ ގޯހެއް: ނަޝީދު
15 ދުވަސް ކުރިން
0
ނަޝީދަށް ދިން ހަމަލާއަށް 4 އަހަރު: އިންސާފު ނުލިބޭތީ ކަންބޮޑުވުން
17 ދުވަސް ކުރިން
0
ރާއްޖޭގައި މައްސަލައަކީ ވެރިންނެއް ނޫން، ނިޒާމު: ރައީސް ނަޝީދު
18 ދުވަސް ކުރިން
0
ޒުވާން މަހްޒޫމާއި ޝިމަން ބަންދު ކުރުމުން ނަޝީދު ހިތްވަރު ދެއްވީ ޅެމަކުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކޮންމެ ރަށެއްގައި އެއާޕޯޓް އެޅުމަކީ ތަރައްގީއަށް އޮތް ހުރަހެއް
6 ގަޑިއިރު ކުރިން
0
ސިއްހީ ދާއިރާ ހަރުދަނާކުރަން ތައިލެންޑާއެކު އެއްބަސްވުމެއް
7 ގަޑިއިރު ކުރިން
0
މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް
8 ގަޑިއިރު ކުރިން
0
މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ ބޯޓެއް ޖައްސައިފި
8 ގަޑިއިރު ކުރިން
0