ޚަބަރު
ރާއްޖޭގައި ހުންނަ ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖޭގައި ހުންނަ ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެ ކޮންސިއުލޭޓް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރިކަން ހާމަކޮށް، ސްރީ ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީން ވަނީ ކުއްލި ހާލަތްތަކުގައި އެމްބަސީއާ ގުޅުމަށް އެ ގައުމުގެ ރައްޔިތުންނަށް އަންގާފައެވެ. ނަމަވެސް، ރާއްޖޭގައި މަންދޫބަކު މިވަގުތު ނެތުމުން ދެވޭނީ ހަމައެކަނި އިރުޝާދާއި ލަފާކަމަށް ބުނެ، ރާއްޖެ ދަތުރުކުރާ ޖަރުމަނު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސްވަނީ އެދިފައެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޖަރުމަނުގެ ސަރުކާރަށް، އެ ފިޔަވަޅު އަޅަން ޖެހުނީ ދިވެހި ސަރުކާރުން ގެންގުޅޭ ގޯސް ސިޔާސަތުގެ ސަބަބުންނެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • ދިވެހި ސަރުކާރުން ބޭނުންވީ މިހާރު ހުރި އޮނަރަރީ ކޮންސުލް ވަކިކޮށް، އެ މަގާމަށް ސަރުކާރުން ބޭނުންވާ މީހަކު އައްޔަން ކުރަން

  • އަދި ޖަރުމަނުން އެގޮތަކަށް ގަބޫލެއް ނޫން

ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ހުންނެވީ، ވިޔަފާރިވެރިޔާ ސަންޖޭ އިބްރާހިމް މަނިކެވެ. ޖަރުމަން ސަރުކާރުން އޭނާ އެ މަގާމަށް އައްޔަން ކުރީ، އެމްޑީޕީގެ ސަރުކާރުގައި، 2019 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު