ވިޔަފާރި
މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް
މޯލްޑިވްސް އެކްސްޕޯ 2025 ގެ މެއިން ސްޕޮންސަރަކަށް ބީއެމްއެލް ހަމަޖެއްސުން. --ފޮޓޯ: ބީއެމްއެލް
މޯލްޑިވްސް އެކްސްޕޯ 2025ގެ މެއިން ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން މިމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގެ ސަގާފަތާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނޭހެން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކުވައިދޭނެ އެކްސްޕޯއެކެވެ.

މި ސްޕޮންސާޝިޕް އެއްބަސްވުމާ ބެހޭ ހާއްސަ ހަފްލާއެއް މިއަދު ބާއްވާފައިވާއިރު، އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޒަމީރު އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޒިޔާއު ބައިވެރިވެވަޑައިގެންނެވި އެވެ.

މި އަހަރުގެ މޯލްޑިވްސް އެކްސްޕޯ ވާނީ އެކި ދާއިރާތަކާއި ހުނަރުވެރިން އެއް ފުރާޅެއްގެ ދަށުގައި އެއްބައިވަންތަކޮށް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު