ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މައްކާ ރޫޓް އިނިޝިއޭޓިވްގެ ހިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް
އަލީ ރާޒީ
16 މެއި 2025 - 19:00
0
comments
Tweet
Telegram
ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމަށް ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެއަށް އަތުވެއްޖެ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 10ވަނަ ދުވަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް އައީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުންޏެވެ.
މަތީ ފަންތީގެ އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ޓީމުގެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫޢުގެ މަޤުޞަދަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
މި އިނީޝިއޭޓިވްއަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓްގައި ތިބެ ނިންމައިގެން ފުރުމެވެ. ނަތީޖާއަކީ ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމެވެ. ހައްޖުވެރިންގެ ލަގެޖްތައް ވެސް ލިބޭނީ ސީދާ ހޮޓަލަށެވެ. އެއާޕޯޓުން ހޮޓަލަށް ދިއުމުގެ ކަންކަން ވެސް ފަސޭހަވާނެ އެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ.
އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓެއް އަދި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެންމެ ފަހު ފްލައިޓުގައި ފުރާ ހާޖީން ފުރާނީ މި މަހުގެ 30ގަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ މި މަހުގެ 26 ގައި
7 ދުވަސް ކުރިން
0
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނަން ސައުދީ ސަރުކާރުން ނިންމައިފި
11 ދުވަސް ކުރިން
0
ހުކުރު ހުތުބާތަކުގެ އިނގިރޭސި ތަރުޖަމާ ފޮތެއް ނެރެފި
19 ދުވަސް ކުރިން
0
މައްކާ ރޫޓްގައި ރާއްޖެ ހިމަނައިދޭން އެދިއްޖެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތިލަ އުތުރު ވޮލީ މުބާރާތަށާއި ބޮޑު އީދަށް ހޯރަފުށީގެ މަގުތައް ސާފު ކުރަނީ
8 ގަޑިއިރު ކުރިން
0
މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
9 ގަޑިއިރު ކުރިން
0
ރާއްޖެއިން ހައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރާނީ މި މަހުގެ 26 ގައި
9 ގަޑިއިރު ކުރިން
0
މައްކާ ރޫޓް އިނިޝިއޭޓިވްގެ ހިދުމަތް ދިނުމަށް ސައުދީގެ އިސްވަފުދެއް ރާއްޖެއަށް
9 ގަޑިއިރު ކުރިން
0