
މޫޑީސް ރޭޓިންސް އިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުގައި ދަމަހައްޓާފައިވަނީ ރާއްޖެއަށް ދީފައިވާ ސީއޭއޭ 2 ރޭޓިން އެވެ. ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު، ދަރަނި ބޮޑުވުމާ ގުޅިގެން ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން މީގެ ކުރިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީޒްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.އޭގެ ފަހުން އަނެއްކާ ވެސް މޫޑީޒްއިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ދިވެހިރާއްޖޭގެ ރޭޓިން މިވަނީ 'ސީއޭއޭ2'ގައި ދަމަހައްޓައިފައެވެ.ރިވިއުގައި ބުނެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް ދަރަނި ދައްކަން ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާތީ ހަރަދުތައް ހަމަޖައްސަން ދަތިވެ ދަރަނި ނަގަން ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ.