ހުނައިދާ ޔާސިރު
18 އޮކްޓޫބަރ 2026 - 10:35
0 comments
ރާއްޖޭގައި އިންވެސްޓުކުރާ ބޭރުގެ އިންވެސްޓަރުންނާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ގޮވާލައްވައިފި އެވެ.
ސައީދު މިހެން ވިދާޅުވީ ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ހިންގާ މަޝްރޫއާ ބެހޭ ގޮތުން ލިޔެފައިވާ ރިޕޯޓުތަކަކަށް ރައްދު ދެއްވަމުންނެވެ.އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ސިޔާސީ ހިޔާލުތަފާތުވުންތަކަކީ އިންވެސްޓަރުންނާ ދެކޮޅަށް ހިންގާ ކެމްޕޭނަކަށް ވެގެން ނުވާނެ ކަމަށެވެ."ރާއްޖޭގައި އިންވެސްޓް ކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުކޮށް ދޮގު ވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ މުހިންމު ކަމެއް،" ސައީދު ވިދާޅުވި އެވެ.ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫގައި ހިންގާ މަޝްރޫއާ ގުޅޭ ކަންބޮޑުވުން އޮތްއިރު، "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސަރުކާރުން ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ މަޝްރޫއު ހިންގަން ރަސްމާލޭގެ 500 ހެކްޓަރު އެ ކުންފުންޏަށް ދޫކުރަން ސަރުކާރުން ނިންމާފައި ވާއިރު އެ އެއްބަސްވުމާ މެދު ރާއްޖޭގެ ސިޔާސީ ބައެއް ލީޑަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
(ޔޫއޭއީ) ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއިން ފަށާ އެ ޕްރޮޖެކްޓުގެ އަގު 20 ބިލިއަން ޑޮލަރަށް އަރަ އެވެ.