ޚަބަރު
ކަންބޮޑުވަނީ އަބަދުވެސް ނުދަރައިގެން އުޅޭ ބަޔަކު އުޅޭތީ: ސައީދު
ކާޑާއި ތެލާއި އަދި ގޭސް ގަތުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން އަރުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރޭ އެހެން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ތައްޔާރުޔުކުރި ވީޑިއޯ މެސެޖެއްގަ އެވެ. 

ސައީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކާ އެކު "ގައުމު ސަލާމަތުގެ އައްސޭރިއަކަށް" ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސް ކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެއާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ވެސް ހަގީގަތެއް ނެތް ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ، މިފަދަ ކަންތައްތަކުން ދިވެހިން ދުރުވަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ވައްޓާލާފައި އޮތް ނުރައްކާތެރި އަނދަވަޅުން، އަރައިގަތުމަށް ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ އެއްވެސް ރައީސަކު ހޯއްދެވި ކާމިޔާބީއެއް ނޫން، ކުރެއްވި ކަންތައްތަކެއްވެސް ނޫން ކަމަށް ސައީދު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު ވައްޓާލާފައި އޮތް ނުރައްކާތެރި އަނދަވަޅުން އަރައިގަތުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ކުރައްވާ މަސައްކަތަކީ އެއްވެސް ޝައްކެތް ނެތް މީގެ ކުރިން އެއްވެސް ރައީސަކު ހޯއްދެވި ކާމިޔާބެއް ނޫން. ކުރެއްވި ކަންތައްތަކެއް ވެސް ނޫން،" ސައީދު ވިދާޅުވި އެވެ. 

އެހެންކަމުން، ރެއާ ދުވާލު ރައީސް މުއިއްޒުގެ ސަރުކާރުން ނަތީޖަ ނެރެމުން ކަމަށް ވިދާޅުވެ ސައީދު ވަނީ، ޑޮލަރު މައްސަލަވެސް ހަމަޖެހޭނެ ކަމަށާއި، މި ދަތި އުނދަގޫ ހާލަތުން މި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު