ޚަބަރު
ގައުމު ނިކަމެތިވާކަށް ރައީސް ދޫކޮށް ނުލައްވާނެ: ސައީދު
ދުނިޔޭގެ އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ކުރިއެރުވުމަށް ހިކުމަތްތެރިކަމާ އެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިއާއި އިގްތިސޯދީ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައިވާ އެއް މަޝްރޫއަކީ މާލޭ ވިޔަފާރި ބަނދަރު ކަމަށެވެ. އެ ބަނދަރުގެ ހާލަތު ބަދަލުކޮށް، ޒަމާނީކޮށް، އަދުގެ އިގްތިސޯދީ ހަގީގަތްތަކާއި ފައިހަމަކުރުން ކަމަށެވެ. ވިޔަފާރީގެ ކާރުބާރު ހަލުވިކޮށް ފަސޭހަކޮށްދިނުން ކަމަށެވެ. 

"މިކަމުގެ ހިޔާލު މީގެ އެތައް އަހަރުތަކެއް ކުރިން ކަމާބެހޭ އިދާރާތަކުން ކުރަމުން ދިޔަ،" ސައީދު ވިދާޅުވި އެވެ. "ނަމަވެސް އެތައް ޒަމާނެއްވެގެން ދިޔަ އިރު ވެސް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު އޮތީ އެންމެ ފުރަތަމަ މި ބަނދަރު މާލޭގައި ޤާއިމްކުރި މިންވަރަށް. ގެނެވިފައި ހުރީ ވަރަށް ކުދިކުދި ތަރައްގީ."

އޭނަ ވިދާޅުވީ އެ ހާލަތު ނިމުމަކަށް ގެންނެވުމަށް ރައީސް ޑރ. މުޢިއްޒު އިސް ނަންގަވައި ޢަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

"މި ޙާލަތު ބަދަލު ކުރެއްވުމަށް އިސް ނަންގަވައި، އެކަމުގެ ޢަމަލީ މަސައްކަތްޕުޅު ފައްޓަވައި، ޤައުމުގައި ހުރި މި ނޫން މިފަދަ އެތައް ބޮޑެތި މައްސަލަތަކެއް ވެސް ޙައްލު ކުރައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ގެންދަވަނީ ހިކުމަތްތެރިކަމާ އެކު." ސައީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު